އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދީނަށް ފުރައްސާރަ ކުރި މީހާއަށް އިންޒާރުދިން މައްސަލައެއްވެސް ބަލަނީ!

ދީނަށް ފުރައްސާރަ ކުރި މީހާއަށް އިންޒާރުދިން މައްސަލައެއްވެސް ބަލަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

ދީނަށް ފުރައްސާރަ ކޮށްގެން ގދ. ތިނަދޫއިން ހައްޔަރުކުރި މީހާއަށް އިންޒާރު ދިން މައްސަލައެއް ވެސް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި ގޮތުގައި، ދީނަށް ފުރައްސާރަ ކޮށްގެން ތިނަދޫއިން ހައްޔަރުކުރި މީހާއަށް އިންޒާރުދިން މައްސަލަ، އެމުއައްސަސާއިން ބައްލަވަނީ ވަކި މައްސަލައެއްގެ ގޮތުގައެވެ. އަދި އެމީހާގެ ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން، އޭނާގެ ބަންދުގެ މުއްދަތައް 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.

ދީނަށް ފުރައްސާރަ ކުރި މީހާއަށް ދީފައިވަނީ ކޮން ފަރާތަކުން ކޮން އިންޒާރެއްކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާގެ ލާދީނީ ފިކުރުގެ ސަބަބުން، ބައެއް މީހުން އޭނާއަށް އަދަބު ދިނުމަށާއި އެކިކަހަލަ އިންޒާރުތައް ދީފައިވާކަން ވަނީ އެނގިފައެވެ.

ފާޅުގައި އިސްލާމްދީނަށް ފުރައްސާރަކުރަމުން އައިސްފައިވަނީ ތިނަދޫގައި ދިރިއުޅެމުންދިޔަ ރުސްތަމް ނަމަކަށްކިޔާ އުމުރުން 36 އަހަރުގެ ފިރިހެނެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ