އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 9 ސިކުންތު
ރޮބަރޓް ޑެވިލަ އަކީ 30 ވަރަކަށް އަހަރުގެ ޒުވާނެކެވެ. ބޮލުގެ ހަރަކާތްތައް ފިޔަވައި މުޅި ހަށިގަނޑު ޕެރެލައިޒްވެފައިވާ މީހެކެވެ. މީހަކު ދިން ސަލީބެއްވެސް އެދުކޮޅުގައި އަޅުވައިގެން ހޮސްޕިޓަލުގައި އޮންނަ ޒުވާނެކެވެ.
އޭނާއަށް އެއް ރޭ ހުވަފެނުނަގައި ފެންނަނީ މުޙައްމަދު (ޞޢވ)އެވެ. ރަސޫލް (ޞޢވ) އޭނާގެ އެނދުކޮޅުގައި އެލުވާފައި ޞަލީބަށް އިޝާރާތް ކުރައްވައި ޙަދީޘްފުޅު ކުރެއްވެވީ ﷲ ތަޢާލާ ރަސޫލް ބޭކަލުން ފޮނުއްވެވީ އެބޭކަލުންނަށް އަޅުކަން ކުރުމަށް ނޫން ކަމަށެވެ. އެބޭކަލުން މެދުވެރިކުރައްވަވައި ﷲ ތައާލާ އަންގަވާފައިވަނީ ﷲ ތައާލާއަށް އަޅުކަން ކުރުމަށް ކަމަށެވެ. ޢީސާގެފާނަކީ ވެސް އެހެން އިންސާނުން ފަދަ އިންސާނެއް ކަމެވެ. ބާޒާރުތަކުގައި ހިންގަވައި އުޅުއްވެވި ކަމަށާއި ފަރިއްކުޅުއްވި ކަމަށެވެ.
ރޮބަރޓަށް އެހިސާބުން ހޭލެވުނީއެވެ. އޭނާގެ ޢާއިލާއިން ވަނީ އޭނާގެ އަޑަށް ފަންކްޝަންކުރާ ލެޕްޓޮޕެއް/ ކޮމްޕިޔުޓަރެއް ދީފައެވެ. އެހިސާބުން މުޙައްމަދު (ޞޢވ) އަކީ އޭނާ ދަންނަ ބޭކަލަކަށް ނުވާތީ ގޫގްލްސް އިން ސަރޗްކޮށްގެން މުޙައްމަދު (ޞޢވ) ހޯދިއެވެ. އިސްލާމް ދީނުގެ މައުލޫމާތު ހޯދައި އިސްލާމްވިއެވެ. ކީރިތި ޤުރްއާނުން 10 ސޫރަތް ވަނީ ހިތުދަސްކޮށްފައެވެ. މިހާރުވެސް ދަނީ އިތުރަށް ދަސްކުރަން މަސައްކަތް ކުރަމުންނެވެ.
އޭނާ އިށީނދެ އިންނަނީ ޚާއްޞަ ގޮނޑިއެއްގައެވެ. ބޯ ވެސް ހަރުލެއްވޭ ގޮތަށް ހަދާފައިވާ ޚާއްޞަ ގޮނޑިއެކެވެ. އެހާލުގައި ގޮނޑީގައި އިނދެގެން އެއް ދުވަހަކު ހުކުރަށް ދިއައެވެ. އެކަމާއި ގުޅިގެން އޭނާއަށްވަނީ އެނދުން ނުތެދުވެ 6 މަސް ދުވަހު އޮންނަން ޖެހިފައެވެ. ގޮނޑިއަށްވެސް ނުދެވޭ ގޮތަށެވެ. އެހެންކަމާއިއެކުވެސް އޭނާ ބޭނުންވަނީ ގޮނޑިއަށް ދެވޭވަރު ވީހައި އަވަހަކަށް އަނެއްކާވެސް ހުކުރަށް ދިއުމަށެވެ. ރޮބަރޓް ބުނަނީ މިސްކިތުން ލިބުނު ހިތްހަމަޖެހުން ދުވަހަކުވެސް އޭނާއަށް ލިބިފައި ނުވާ ކަމަށެވެ.
ނިކަން ވިސްނައިލަބަލާށެވެ! ހަށިގަނޑުގެ އެއްވެސް ހަރަކާތެއް ނެތި އެމެރިކާގެ ޗާޗް ޓައުންގެ މެދުގައި ހުރި ހޮސްޕިޓަލެއްގައި އޮތް މީހަކަށް އިސްލާމް ދީނުގެ ހިދާޔަތް ލިބިގެން ދިއަ ގޮތާއިމެދުގައެވެ. މީސްތަކުންނޭވެ! ﷲ ތައާލާ އާއި ކުއްތަންވުމަށް މަސައްކަތްކުރާށެވެ! އެމީހަކަށް ﷲ ތަޢާލާ މަގު ދައްކަވާނެތެވެ. ތަޤްވާވެރި ވެވޭނެ މަގު ދައްކަވާނެތެވެ. އޭނާއަށް އޮންނަން ޖެހިފައިވަނީ އެހާލުގައި ނަމަވެސް އޭނާގެ މޫނަށްވުރެ އުޖާލާ މޫނެއް ދުވަހަކުވެސް ނުދެކެވެ.
- ޝައިޚް ނޫމާން ޢަލީ ޚާންގެ ދަރުސަކުން
އޭނާ ގޫގްލްސްއިން ހޯދި މައުލޫމާތުގެ އަލީގައި އޭނާ ޝައިޚް ނޫމާން ޢަލީ ޚާން އާއި ބައްދަލުކުރަން ބޭނުންވިއެވެ. އެކަން ހިންމަވައި ދެއްވެވި ގޮތާއި އިތުރު މައުލޫމާތު ޝައިޚްގެ މި ވީޑިއޯ އިން ބައްލަވައިލައްވާށެވެ!
ގުޅުން ހުރި ވީޑިއޯ:
Advertisement
11 ސެޕްޓެމްބަރ 2019