އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިންނެވުން ލިބުމާ ރަސޫލް (ޞޢވ) ގެ ސުންނަތަށް ތަބަޢަވުން ގުޅިފައިވަނީ ކިހައިވަރަކަށްކަން ކޮންމެ މީހަކަށްވެސް އެނގެން ޖެހޭނެ!

ދިންނެވުން ލިބުމާ ރަސޫލް (ޞޢވ) ގެ ސުންނަތަށް ތަބަޢަވުން ގުޅިފައިވަނީ ކިހައިވަރަކަށްކަން ކޮންމެ މީހަކަށްވެސް އެނގެން ޖެހޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 52 ސިކުންތު

ކީރިތި ޤުރުއާނާއި ރަސޫލް (ޞޢވ) ގެ ސުންނަތަކީ ވަކި ނުކުރެވޭނެ ދެއެއްޗެއްކަން ޔަޤީންކުރަން ބޭނުން މީހާ ފުރަތަމަ މިއާޔަތަށް ވިސްނައިލާށެވެ!

އެއުރެންނީ، އުއްމިއްޔަ ނަބިއްޔާ ކަމުގައިވާ ރަސޫލާއަށް ތަބަޢާވާ މީހުންނެވެ. އެ ރަސޫލްއާއި، އެއުރެންގެ ގާތުގައިވާ ތައުރާތާއި އިންޖީލުގައި (ރަސުލާގެ ސިފަފުޅުތައް) ލިޔެވިގެންވާތީ، އެއުރެންދެކޭ ރަސޫލްއެވެ. އެކަލޭގެފާނު، އެއުރެންނަށް ހެޔޮކަންތަކަށް އަމުރުކުރައްވަތެވެ. އަދި ނުބައިކަންތައް އެއުރެންނަށް ނަހީކުރައްވަތެވެ. އަދި ރަނގަޅު ތަކެތި އެއުރެންނަށް ޙަލާލް ކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް ޙަރާމްކުރައްވަތެވެ. އަދި އެއުރެންގެ މައްޗަށްހުރި ބުރަތަކާއި، އެއުރެންގައި އެޅިފައިވާ ކަސްތޮޅުތައް ނެތިކުރައްވައި، ލުއިކުރައްވަތެވެ. ފަހެ، އެކަލޭގެފާނަށް އީމާންވެ ، އެކަލޭގެފާނަށް ވާގިވެރިވެ، ނަޞްރު ވެރިވެ، އެކަލޭގެފާނާއެކުގައި ބާވައިލެއްވި ނޫރަށް ތަބަޢަވީ މީހުން (ދަންނާށެވެ!) ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ. (އަލްއަޢްރާފް: 157) 

(މިއާޔަތުގައި އެކަލޭގެފާނަށް އީމާންވުމުގެ މާނައަކީ ރަސޫލް (ޞޢވ)ގެ ބަސްފުޅުތައް ޤަބޫލުކުރުމެވެ.) 

ރަސޫލް (ޞޢވ) ކުރެއްވެވީ ކޮން ކަމެއް؟ އިތުރު އެކަލޭގެފާނު (ޞޢވ) ކުރެއްވެވި ކަމަކީ: "އެކަލޭގެފާނު، އެއުރެންނަށް ހެޔޮކަންތަކަށް އަމުރުކުރައްވަތެވެ. އަދި ނުބައިކަންތައް އެއުރެންނަށް ނަހީކުރައްވަތެވެ. އަދި ރަނގަޅު ތަކެތި އެއުރެންނަށް ޙަލާލް ކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް ޙަރާމްކުރައްވަތެވެ. އަދި އެއުރެންގެ މައްޗަށްހުރި ބުރަތަކާއި، އެއުރެންގައި އެޅިފައިވާ ކަސްތޮޅުތައް ނެތިކުރައްވައި، ލުއިކުރައްވަތެވެ." 

ދެން ނިކަން ބުނެބަލާށެވެ! ސުންނަތުން އެއްވެސް ކަމެއް ދޫކޮށްލެވެން އެބަ އޮތް ހެއްޔެވެ؟ ޙަދީޘްފުޅުތަކުން އެންމެ ޙަދީޘްފުޅަކަށްވެސް ޢަމަލު ނުކޮށްވާން އެބަ އޮތް ހެއްޔެވެ؟ އިންކާރު ކުރެވޭނެ ކަމެއް އެބަ އޮތް ހެއްޔެވެ؟ 

ދިންނަވާނީ ކޮން ބައެއް؟ "އެކަލޭގެފާނަށް އީމާންވެ ، އެކަލޭގެފާނަށް ވާގިވެރިވެ، ނަޞްރު ވެރިވެ، އެކަލޭގެފާނާއެކުގައި ބާވައިލެއްވި ނޫރަށް ތަބަޢަވީ މީހުން (ދަންނާށެވެ!) ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ." 

"އެކަލޭގެފާނާއެކުގައި ބާވައިލެއްވި ނޫރަށް ތަބަޢަވުމަކީ" ކީރިތި ޤުރްއާނަށް އަމަލުކުރުމެވެ. 

މިފަދައިން ބަޔާން ކުރައްވަވާފައިވާ އެތައް އާޔަތްތްކެއް ކީރިތި ޤުރުއާނުގައި އެބަހުއްޓެވެ. ކިޔަވާށެވެ! މާނައަށް ވިސްނާށެވެ! ސުންނަތާއި އިސްލާމް ދީނާއި ވަކިކުރަން ކުރަމުން އެގެންދާ ޖާހިލު މަސައްކަތްތަކުން ސަލާމަތްވެ ތިބެވޭނީ އެއިރުންނެވެ.

 

-- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް