އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުސްލިމް ޑޮކްޓަރުންނަށް އޮޅިފައި އޮތް އެއްކަމަކީ ނަމާދު ނޭޅޭނެ ކަމެވެ!

މުސްލިމް ޑޮކްޓަރުންނަށް އޮޅިފައި އޮތް އެއްކަމަކީ ނަމާދު ނޭޅޭނެ ކަމެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 48 ސިކުންތު

ނަމާދު ވަގުތު ޖެހި ފާއިތުވެގެންދާއިރު ނަމާދު ނުކޮށް ހުންނަން އެއްވެސް މުސްލިމަކަށް ދެއްކޭނެ އެއްވެސް އުޒުރެއް ނުއޮންނާނެއެވެ. ނަމާދު ވަގުތު ޖެހުމުން ފެން ނެތް ނަމަ ތަޔައްމަމް ކުރާށެވެ! މިސްކިތެއް ނެތްނަމަ ހުރިތަނެއްގައި ހުރެގެން ނަމާދުކުރާށެވެ! ﷲ ތަޢާލާ ވަނީ ނަމާދު ކުރުމަކީ ލުއި ފަސޭހަ ކަމެއް ކަމުގައި ހަމަޖައްސަވައިދެއްވަވައިފައެވެ. 

ނަމާދު ވަގުތު ފާއިތުވެގެން ދިއުމުން ބައެއް ޑޮކްޓަރުން އެބަ ބުނެއެވެ. އަހަރެން ހުރީ އިންސާނީ ޚިދުމަތުގައި ޑިޔުޓީގައެވެ. ނަމާދު އަޅާފައި އަދާކުރަން ޖެހޭނެ ޑިޔުޓީއެއް ނުއޮންނާނެއެވެ. ﷲ ތަޢާލާއަށް އަދާކުރަން ޖެހޭ ޑިޔުޓީ އަދާނުކޮށް އަދާކުރަން އޮތީ ކޮން ޑިޔުޓީއެއް ހެއްޔެވެ؟ 

ބައެއް ޑޮކްޓަރުންނަކީ ދުރާލައި ރާވައިގެން އެތައް ގަޑިއިރެއްގެ އޮޕަރޭޝަން ކުރަން ޖެހޭ ބައެކެވެ. އެހެންކަމަށްވާނަމަ، އޮޕަރޭޝަން ކުރަން ކުރިއަށްރާވާފައި އޮތް ނަމަ، އޮޕަރޭޝަން ކުރަން ފަށަން ވާނީ އެވަގުތުގައި ނަމާދު ވަގުތެއް ފާއިތުވެގެން ހިގައިދާނެކަން އެނގޭނަމަ ކުރިއަށް ނަމާދު އިސްކޮށް ޖަމްޢްކޮށްގެންނެވެ. އިމަރޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ އޮޕަރޭޝަންކޮށް ނިމުނުހައި އަވަހަކަށް ނަމާދުކުރަން ޖެހޭނެއެވެ. އޮޕަރޭޝަނާއި އަޅުވައި ނަމާދު ދޫކޮށެއް ނުލެވޭނެއެވެ. 

ނަމާދުކުރަން އޮތީ ތަރުތީބަކުންނެވެ. އެމީހަކު ކުރާ މަސައްކަތް ނިމިގެނެއް ނޫނެވެ. ކޮންމެ މަސައްކަތެއްގައި ހުރިނަމަވެސް ނަމާދު ވަގުތު ޖެހުމުން ފުރަތަމަ ކަމަކަށް ހަދަން ޖެހޭނީ ނަމާދުކުރުމެވެ. ޤަޟާ ކުރެވޭނީ އެމީހެއްގެ އިޚްތިޔާރުން ބޭރުގައި ހިނގާ ކަންކަމާއި ގުޅިގެންނެވެ. 

ނިދާފައި އޮތުމަކީ ނަމާދު އެޅުން ހުއްދަ އުޒުރަކަށްވުމަކީ ޤަޞްދުގައި ނަމާދު ވަގުތު ފާއިތުވާ ގޮތަށް ނިދަން ހުއްދަ ލިބޭ ސަބަބެއް ނޫނެވެ. އަދި ހަނދާން ނެތުމަކީ އުޒުރެއް ކަމަށް އޮތުމަކީ ކުޅިވަރާއި އެހެންވެސް އެފަދަ ކަންކަމުގައި މަސްއޫލުވެ ޣާފިލުވާން ހުއްދަ ލިބޭ ސަބަބެއް ވެސް ނޫނެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ނަމާދާއިމެދު ހޭލުންތެރިވާށެވެ! ނަމާދަކީ ޤިޔާމަތް ދުވަހު ތިމާ އާއި ކުރިމަތި ކުރައްވަވާނެ ފުރަތަމަ ސުވާލުކަމަށް ވިސްނައި އެ ސުވާލުގެ ޖަވާބު ދެވޭނެ ގޮތަށް ތައްޔާރުވާށެވެ! 

މަރސިފުލް ސަރވަންޓްގެ ދަރުސަކުން 

މިދަރުސް އިން ފާހަގަކުރެވިގެން ދިއައީ މަސައްކަތް އުޒުރަކަށް ދައްކައި ނަމާދު އަޅާ މީހުންގެ މައްސަލައެވެ. އިންސާނުންގެ ފުރާނަ ސަލާމަތްކުރަން ބޮޑެތި އޮޕަރޭޝަންކުރާ ޑޮކްޓަރުންނަށް ދެއްވާފައިވާ އިރުޝާދުން ޢިބްރަތް ލިބިގަތުން މުހިންމެވެ. އެއީ ކަން އޮތް ގޮތް ކަމަށްވާއިރު  އާދައިގެ މަސައްކަތްކޮށް އުޅޭ މީހުންނަށް ދެއްކޭނީ ކޮން އުޒުރެއްތޯއެވެ؟

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް