އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗައިނާއިން ހަރަކު އެއްމިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށް އަމާޒުހިފައިފި!

ޗައިނާއިން ހަރަކު އެއްމިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށް އަމާޒުހިފައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ޗައިނާއިން އަހަރަކު އެއްމިލިއަން ޓޫރިސްޓުން ގެނައުމަށް އަމާޒުހިފާފައިވާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފުތާގައި ޗައިނާ އަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުރުފުޅައްފަހު ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، ވިދާޅުުވެފައިވަނީ އަމާޒަކީ 2023 ވަނަ އަހަރު އަންނަންވާއިރަށް ޗައިނާއިން އަހަރަކު 1 މިލިއަން ފަތުރުވެރިން ރާއްޖެއަށް އައުން ކަމަށާއި އުއްމީދުކުރަނީ ޗައިނާއަށް ދަތުރުކުރުމުގައި ވީހާވެސް އަވަހަކަށް ދިވެހިންނަށް ވިސާގެ ލުއިފަސޭހަކަން ލިބިގެންދާނެކަމަށެވެ.

ޝާހިދު ވިދާޅުވީ ޗައިނާ އިން އަންނަ ޓޫރިސްޓުން އިތުރުކުރުމަށް، އެ ގައުމާއި ރާއްޖެއާ ދެމެދު ކުރާ ވައިގެ ދަތުރުތައް ގިނަ ކުރަން މަޝްވަރާ ކުރައްވާފައި ވާނެ ކަމަށާއި އަދި ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރާ ދަތުރުތައް އިތުރު ކުރުމުގެ ފުރުސަތު ރާއްޖޭގެ ގައުމީ އެއާ ލައިން މޯލްޑިވިއަން އަށް ދޭން ޗައިނާ އިން އެއްބަސްވެފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އަދި މީގެއިތުރުން ޗައިނާގެ މީހުން ރާއްޖެ އަށް ޒިޔާރަތްކުރަން އެއްވެސް ދަތިކަމެއް ނެތް ކަމަށާއި އެހެން އެކަން އޮތް އިރު އެ ގައުމަށް ދިވެހިން ދަތުރުކުރުމުގައި ވެސް އެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް ޗައިނާގެ ފޮރިން މިނިސްޓަރު ވާން ޔީއާ އަރިހުގައި ވިދާޅުވެފައިވާނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު