އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިދިޔަ ހޯމަ ދުވަހު ސޮނާކްޝީ ނާސްތާ ނެގީ ފެންމަތީގަ!

މިދިޔަ ހޯމަ ދުވަހު ސޮނާކްޝީ ނާސްތާ ނެގީ ފެންމަތީގަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 11 ސިކުންތު

ބޮލީވުޑްގެ މައްޝޫރު އެކްޓްރެސް ސޮނާކްޝީ ސިންހާ ޗުއްޓީއަށް ރާއްޖެ އައިސް، މިއަދު އެނބުރި ޤައުމަށް ހިނގައްޖެއެވެ.

"ރައުޑީ ރާތޯރް"، "މިޝަން މަންގާލް"، "ޑަބާންގް" ފަދަ ސުޕާރހިޓް ފިލްމުތަކުގައި އެކްޓް ކޮށްފައިވާ ސޮނާކްޝީ ރާއްޖެ އައީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އަދި އޭނާ ޗުއްޓީ ހޭދަ ކޮށްފައިވަނީ އެފަދަ ދެވަނައެއް ނުވާ ރީތި ރިސޯޓެއް ކަމަށްވާ ޖުމޭރާ ވިޓަވެލި ގައެވެ.

ސޮނާކްޝީ ގެ ޓްވިޓާއިން ހާމަވެފައިވާ ގޮތުގައި، އޭނާއަށް ފުރަތަމަ ރާއްޖެ އާދެވުނީ ވިއްސާރަ ދުވަސްކޮޅުގައެވެ. އެހެންކަމުން އަވީގައި ޖެހެން ބޭނުންވެފަ ހުރި ކަމަށް އެދުވަހު އޭނާ ބުނެފައިވީ ނަމަވެސް، އިންޑޯގައި ވެސް އޭނާ ފޫހިނުވާކަމަށް ބުނެ އެކަމަށްޓަކައި ޖުމޭރާ އަށް ޝުކުރުވެސް އަދާ ކޮށްފައިވެއެވެ.

މޫސުމަށް ބަލާނުލާ އެދުވަސްކޮޅު ރާއްޖެއައިސް، އަވީގަ ޖެހެން ބޭނުންވާ ވާހަކަ ދެއްކުމުން އިންޑިއާއާއި ރާއްޖޭގެ ބައެއް މީހުންގެ ފަރާތުން ވެސް ސޮނާކްޝީ އަށް ފާޑުކިޔުން އަމާޒުވިއެވެ.

         

 

އޭގެފަހުން މިދިޔަ ހޯމަ ދުވަހު އަނެއްކާވެސް ސޮނާކްޝީ ވަނީ ރާއްޖެއާއި ބެހޭ ގޮތުން ޓްވީޓެއް ކޮށްފައެވެ. ސްވިމިން ޕޫލެއްގައި އޮވެ ނަގާފައިވާ އެފޮޓޯއިން ފެންނަނީ ރަހަ މީރު ގިނަ ކާބޯތަކެތި އަތުރާފައި ހުރި ޓްރޭއެއް އޭނާ ކައިރީގައި، ފެންމަތީގައި ހުރި ތަނެވެ. އެފޮޓޯގެ ކެޕްޝަންގައި ސޮނާކްޝީ ލިޔެފައިވަނީ އޭނާގެ ހެނދުނުގެ ނާސްތާ އޭނާ އެދުވަހު ނެގީ ފެންމަތީގައި ކަމަށާއި، އެހެން މީހުން ނާސްތާ ނެގީ ކިހިނެއްތޯއެވެ.

ރާއްޖޭގައި ކުޑަ ޗުއްޓީއެއް ހޭދަ ކުރުމަށްފަހު، އެނބުރި ޤައުމަށް ދިޔުމުގެ ކުރިން ވެސް ޖުމެއިރާ ރިސޯޓުގެ މަންޒަރު ދައްކައިދޭ ފޮޓޯއަކާއެކު ސޮނާކްޝީ ބުނީ، ރާއްޖެއަކީ މުޅި ދުނިޔެއިން ވެސް އޭނާ އެންމެ އަންނަ ހިތްވާ މަންޒިލު ކަމަށާއި ރާއްޖެ ދޫކޮށްފަ ދިޔުމަކީ އޭނާ އަބަދުވެސް ހިތްދަތިވާ ކަމެއް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ