އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު
ރާއްޖެ އާއި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން 1.5 ބިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ގާތްގަނޑަކަށް 23 ބިލިއަން ރުފިޔާގެ މިއެއްބަސްވުމަކީ ރާއްޖޭގެ ވިޔަފާރިއާ އިގުތިސޯދު ކުރިއެރުވުމަށް ރާއްޖެއަށް އެތެރެކުރާ ތެލަށް 1.5 ބިލިއަން ޑޮލަރުގެ ފައިނޭންސް ކުރުމާ ގުޅޭ އެއްބަސްވުމެކެވެ.
މިއަދު ކުރުނބާ މޯލްޑިވްސް ގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އައިޓީއެފްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަނުގެ ސީއީއޯ އިންޖިނިއާ ހާނީ ސަލީމް ސޮންބޮލްއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ "މިއަދު ސޮއި ކުރެވިގެން ދިޔައީ 1.5 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ނަމަވެސް، އެއީ ހަގީގަތުގައި އަގު ނުކުރެވޭނެ ވަރުގެ އެހީއެއް. ސަބަބަކީ ރާއްޖެއަށް ކޮންމެހެން ބޭނުންޖެހޭ ހާލަތްތަކުގައި އައިޓީއެފްސީން ދެމުންދާ އެހީތެރިކަމަށް އަގެއް ކަނޑަ ނޭޅޭނެ،" ކަމަށެވެ.
ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރާ ތެޔޮ މިހާރު ވެސް ފައިނޭންސް ކޮށްދޭ އައިޓީއެފްސީ އިންނެވެ.
Advertisement
9 އޮކްޓޯބަރ 2019