އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްބަސީ އަޅާނެ ބިމެއް ޗައިނާއަށްވެސް ދީފި

އެމްބަސީ އަޅާނެ ބިމެއް ޗައިނާއަށްވެސް ދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

ދިވެހި ޚާރިޖިއްޔާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގައި ހިންގާ އެމްބަސީ އަޅާނެ ބިމެއް ޗައިނާއަށްވެސް ދީފިއެވެ. ޗައިނާ އެމްބަސީއަށްވެސް ބިމެއް ދީފައިވަނީ ހުޅުމާލެއިންނެވެ. 

ހުޅުމާލެއިން މީގެ ކުރިން ވަނީ އިންޑިއާ، ބަންގްލަދޭޝް، އަދި ސްރީލަންކާއަށް އެމްބަސީ އަޅާނެ ބިން ދޫކޮށްފައެވެ. އެހެންކަމުން ހުޅުމާލޭގައި "ޑިޕޮލޮމެޓިކް ސިޓީ" އެއް ބިނާވެގެންދާނެއެވެ.  

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު، ޒާންގ ލީޒޯންގވަނީ މިހާރުގެ ސަރުކާރު ވެރިކަމަށް އައިސް މިހައި ކުރުމުއްދަތެއްގައި އެމްބަސީ އަޅާނެ ބިމެއް ޗައިނާއަށް ހަމަޖައްސައި ދިންކަމަށްޓަކައި ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.  

ޗައިނާއަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށް އެންމެ ބޮޑަށް އެހީތެރިވަމުން އަންނަ ޤައުމު ކަމަށްވާއިރު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަނީވެސް ޗައިނާއިންނެވެ. ދެ ޤައުމުގެ މެދުގައި ވިޔަފާރީގެ ގުޅުންވެސް އަންނަނީ ބަދަހިކަމާއިއެކު ކުރިއަރައި ތަރައްޤީވަމުންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް