އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަސޫލް (ޞޢވ) އަށް ލޯބިކޮށް، ތަބާ ނުވުމަކީ ނަރަކައަށް ދާން ބޭނުންވުން! - ޤިޔާމަތް ދުވަހު ފެންތިއްކެއްވެސް ނުލިބޭނެ!

ރަސޫލް (ޞޢވ) އަށް ލޯބިކޮށް، ތަބާ ނުވުމަކީ ނަރަކައަށް ދާން ބޭނުންވުން! - ޤިޔާމަތް ދުވަހު ފެންތިއްކެއްވެސް ނުލިބޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 25 ސިކުންތު

ޤިޔާމަތް ދުވަހު ޙޫނު ގަދަވެ އިންތިހާއަށް ފެންބޮވައިގެންފައިވާ ހާލަތުގައި ފެން ފޮދެއް ލިބެން އޮތީ ވެސް ﷲ ތަޢާލާ އަށާއި ރަސޫލް (ޞޢވ) އަށް ތަބާވެގެންނެވެ. އެހެނީ މީސްތަކުން ޤިޔާޔާމަތް ދުވަހު ފެންފޮދެއް ލިބޭނީ ކައުޘަރު ކީ އާރުންނެވެ. އެއާރު ﷲ ތަޢާލާ ވަނީ ރަސޫލް (ޞޢވ) އަށް ދެއްވަވައިފައެވެ. 

އެކަން ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވަވައިފައެވެ. "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ގިނަގިނަވެގެންވާ ހެޔޮކަން (އޭގެތެރޭގައި ކައުޘްރު އޭ ކިޔުނު އާރުވެސް) ކަލޭގެފާނަށް ދެއްވީމެވެ." (އަލްކައުޘްރު: 1) 

ދުނިޔެއަށް އުފަންވީ އެންމެހައި މީހުންނާއި އުފަންވާނެ އެންމެންގެ ތެރެއިން ރަސޫލް (ޞޢވ) އެންމެ މަތިވެރި ކުރައްވަވައި ޤަދަރު އުފުއްލެވީ އެންމެހައި މީސްތަކުން އުފެއްދެވި، އެންމެހައި މީސަތަކުންގެ ވެރި ﷲ ތަޢާލާއެވެ. އެއީ އެއްވެސް މީހަކު ނުވަތަ ބައަކު ކުރި ކަމެއް ނޫނެވެ. 

ޤިޔާމްތުގެ ތާޅަފިލި ފުމެލެއްވެވުމުން ބިންގަނޑު އެންމެ ފުރަތަމަ ފެޅިގެންދާނީ ރަސޫލް (ޞޢވ) އަށެވެ. އަދި ބިންގަނޑުފެޅިގެންދިއުމުން އެންމެ ފުރަތަމަ ކައްވަޅުން ތެދުވެވަޑައިގަންނަވާނީ ވެސް ރަސޫލް (ޞޢވ) އެވެ. އަދި ސުވަރުގެގޭގެ ދޮރުކޮޅު ހުޅުއްވަވާނީވެސް ރަސޫލް (ޞޢވ) އެކަމަސް އެދިވަޑައިގަތުމުންނެވެ. އަދި އެންމެ ފުރަތަމަ ސުވަރުގެ ވަދެވަޑައިގަންނަވާނީވެސް ރަސޫލް (ޞޢވ) އެވެ. 

ދެން ބަލައިލަންވީ ރަސޫލް (ޞޢވ) ގެ ބަސްފުޅުތައް ދޮގުކޮށް ދެކޮޅުވެރިވީ މީހުންގެ ޙާލާއިމެދުގައެވެ. އެމީހުންނަކީ ދުނިޔެއާއި ޢާޚިރަތުގައި ލަޢްނަތް ލެއްވިގެންވާނެ ބައެކެވެ. ޤިޔާމަތް ދުވަހު އެމީހުންނަށް ހުރީ ގަދަފަދަ ޢަޛާބެވެ. 

ރަސޫލް (ޞޢވ) ގެ ރިސާލަތު އެމީހަކާއި ހަމައަށް ފޯރައި އެ ރިސާލަތަށް އީމާން ނުވެ މަރުވެއްޖެ ނަމަ ދާހުށީ ނަރަކައަށެވެ. މުރުތައްދުވެ އިސްލާމް ދީން ދޫކޮށްލައިގެން މިއުޅޭ ޞައްޙަ ނޫން ދިވަހިންނަކީ އެމީހުންނާއި ހަމައަށް ރަސޫލް (ޞޢވ)ގެ ރިސާލަތު ފޯރާފައިވާ މީހުންނެވެ! 

 

މިވަރަކުން ފުދެނީއެއްވެސް ނޫނެވެ. "ހަމަކަށަވަރުން، ކަލޭގެފާނު ކޯފާއިސްކުރައްވާ މީހާ އެއީ، ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާ މީހާއެވެ." (އަލްކައުޘަރު: 3) ނިކަން ބުނެބަލާށެވެ! ދެން ވަންނާނީ ކޮންތަނަކަށް ހެއްޔެވެ؟ 

ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ރަސޫލް (ޞޢވ) އަށް ލިބިވަޑައިގަންނަވާނެ އެއްވެސް ދެރަކަމެއް ނެތެވެ. ﷲ ތަޢާލާ ވަނީ ރަސޫލް (ޞޢވ) ރައްކައުތެރި ކުރައްވަވައިފައެވެ. 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް