އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރާ ކަމަކުން އެންމެ ބިރުވެރި ޙުކުމްފުޅެއް ކީރިތި ޤުރްއާނުގަ ބަޔާން ވެގެންވާ އެއްކަމަކީ ކޮބައިކަން އެނގޭހެއްޔެވެ؟

ކުރާ ކަމަކުން އެންމެ ބިރުވެރި ޙުކުމްފުޅެއް ކީރިތި ޤުރްއާނުގަ ބަޔާން ވެގެންވާ އެއްކަމަކީ ކޮބައިކަން އެނގޭހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 32 ސިކުންތު

އަހަރެންނަށް އެނގިފައި އޮތް މިންވަރުން މީހަކު ކުރާ ކަމަކުން އެންމެ ބިރުވެރި ޙުކުމްފުޅެއް ކީރިތި ޤުރްއާނުގަ ބަޔާން ވެގެންވާ އެއްކަމަކީ އިސްރާފް ކުރުމެވެ. އިސްރާފް ކުރުމަކީ ތަނެއް ދޮރެއް ނުބަލައި ޚަރަދުކުރަމުން ގެންދިއުމެވެ. އަގުހެޔޮކޮށް ކުރެވެން ހުންނަ ކަންކަން ބޮޑު ޚަރަދުކޮށްގެން ކުރުމެވެ. އެއްޗެއް ގަތް ނަމަވެސް ހެޔޮ އަގުގައި ލިބެން ހުއްޓައި ބޮޑު އަގުގައި ގަތުމެވެ. 

މިފަދަ މީހުންނާއިމެދު ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ އެމީހުންނަކީ ޝައިޠާނާގެ ބައިވެރިން ކަމަށެވެ. 

އަތުގައި ކިތަންމެ ގިނައިން އެއްޗެއް ހުރި ނަމަވެސް ހަމަ އެއިގެ ތަފާތު އެއްޗެއް ފެންނައިރަށް ގަންނަހިތްވާ މީހުން އުޅޭނެއެވެ. މިސާލަކަށް ފައިވާން، ސެންޓް ފަދަ ތަކެއްޗެވެ. ކާރާއި ގެދޮރު ފަދަ ތަކެއްޗެވެ. ހަމަ ރަނގަޅު ފެންވަރުގެ ގެދޮރާއި ކާރު އަތުގައި އޮތް ނަމަވެސް އަބަދުވެސް ކަޅިއަޅާނީ އެހެން މީހުންގެ ކާރަށާއި ގެދޮރަށެވެ. ފަހުގެ ބޭނުން ކުރެވޭ ފޯނެއް އަތުގައި އޮތް ނަމަވެސް އަބަދުވެސް ބޭނުން މިވަނީ އެންމެ ފަހުގެ ފޯނެވެ. މިފަދަ ތަކެތި އެއްކޮށް ޖަމާކުރަން ހިތްވަރު ދެނީ ޝައިޠާނާއެވެ. އެކަމަށް ދެވިހިފުމުން އެއީ ދުރުހެލިވާންވެސް ވަރަށް އުނަދަގޫ ކަމެކެވެ. 

މީސްތަކުންނޭވެ! ތިއަބައިމީހުން ކުރާ ހޭދައިގެ ސަބަބުން ބޭކާރު އިންޑަސްޓްރީތައް މުއްސަނދިވެ ކުރިއަރައިގެން އެބަދެއެވެ. މިސާލަކަށް އެންޓަރޓޭންމަންޓް އިންޑަސްޓްރީ ނަގާށެވެ! މުނިފޫހި ފިލުވަން ޚަރަދުކުރުމުން ތިބާއަށް ލިބެނީ ކޮން ފައިދާއެއް ހެއްޔެވެ؟ ނަމަވެސް މުނިފޫހިފިލުވުމުގެ އިންޑަސްޓަރީ ކުރިއަރައިގެން އެދަނީ ބައަކު ޚަރަދުކުރާތީ ނޫން ހެއްޔެވެ؟ އިސްރާފަކަށް އެކަން ނުވާނެ އެއްވެސް ގޮތެއް އަހަރެންނަކަށް ނުވިސްނެއެވެ. 

މިކަން މިހިސާބުން ނިމެނީއެއް ނޫނެވެ. މުނިފޫހިފިލުމުގެ އިންޑަސްޓްރީ ކުރިއެރުވުމުން އެ ކުރިއެރުވެނީ ޝައިޠާނާގެ މަސައްކަތެވެ. ނުއެނގި ހުރެ ނަމަވެސް ޚަރަދު ތިއަ ކުރެވެނީ ޝައިޠާނާގެ މަސައްކަތް ކުރިއަރުވާށެވެ! 

ވީމާ މިކަންކަމަށް ވިސްނާށެވެ! ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ އިންތަކުގެ ތެރެއިން ނޫނީ ޚަރަދު ނުކުރާށެވެ! އިސްރާފްކުރާ މީހަކަށްވެ ﷲ ތަޢާލާ ދެއްވެވި ނިޢްމަތަށް ފުރަގަސްދޭ މީހަކަށް ނުވާށެވެ! ތަނަވަސްކަމާއި ރަޙްމަތް އިތުރުވަމުންދާނީ އެއިރުންނެވެ.

 

ޝައިޚް ނޫމާން ޢަލީ ޚާންގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް