އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝައިޠާނާ ހަސަދަވެރިވަނީ އެކަލޭގެ ބޭރުކޮށްލެވުނު ސުވަރުގެއަށް މުއުމިނުން ވަންނާނެތީ!

ޝައިޠާނާ ހަސަދަވެރިވަނީ އެކަލޭގެ ބޭރުކޮށްލެވުނު ސުވަރުގެއަށް މުއުމިނުން ވަންނާނެތީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

އެއްވެސް މުއްމިނަކީ މިދުނިޔެއިން މާގިނަ ކަންތައްތަކެއް ބޭނުންވެގެން އުޅޭ މީހެއް ނޫނެވެ. އެމީހުންގެ ހުރިހާ ވެސް އުންމީދަކީ ސުވަރުގެއެވެ. 

ޝައިޠާނާ އަކީ ފެށުނީންސުރެ މީސްތަކުންގެ އެންމެ ބޮޑު ހަސަދަވެރިޔާއެވެ. އޭނާގެ ކިބުރުވެރިކަމާއި ބޮޑާކަން ހައްދުފަހަނައަޅައި ދިއުމުން ސުވަރުގެއިން ބޭރުކޮށްލެއްވެވީތީއެވެ. އަދި އެ ސުވަރުގެއަށް މުއުމިނުން ވަންނާނެތީއެވެ. 

މީސްތަކުން ސުވަރުގެއާއި ދުރުކުރަން މަސައްކަތްކުރާ ކޮންމެ މީހަކީ ޝައިޠާނާގެ ބައިވެރިއެކެވެ. ވީމާ އެމީހުން ކިޔާ އެއްޗެއް ކިޔާނެއެވެ. ކުރާ ކަމެއްވެސް ކުރާނެއެވެ. އެއީ ދުނިޔެ ފެށުނީންސުރެ އެކަން ހިނގަމުން އަންނަ ގޮތެވެ. މުއުމިނުންނަކީ އެއްވެސް ޒަމާނެއްގައި ޝައިޠާނާއަށް އަމާން ދިން ބައެއް ނޫނެވެ! އަމާން ދޭނެ ބައެއްވެސް ނޫނެވެ. 

"މުއްމިން ފިރިހެނުންނާއި، މުއްމިން އަންހެނުންނަށް، ﷲ ވަޢްދު ކުރައްވަވާފައިވަނީ އެތާނގެ ދަށުން ކޯރުތައް ހިނގައިހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަންތަނުގައި، އެއުރެން ދެމިތިބޭ ގޮތުގައެވެ. އަދި عدن އެވެ ކިއުނު ސުވަރުގެތަކުގައި ތިބޭނޭ ރަނގަޅު ގޮވަތިގެދޮރުވެސް މެއެވެ. އަދި ﷲ ގެ ޙަޟްރަތުން ލިބޭ ރުއްސެވުން މާބޮޑެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ ހަމަ އެއީއެވެ." (ތައުބާ: 72)

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް