އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިޔާޒަށް ރުހުންދޭން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި

ފިޔާޒަށް ރުހުންދޭން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

އިންފޮމޭޝަން ކޮމިޝަނަރަކަށް ޙުސައިން ފިޔާޒު މޫސާއަށް ރުހުންދޭން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުކަމަށް ފިޔާޒަށް ރުހުންދިނުމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ވިޕެއް ނެރެފައިވަނީ ރޭ ބޭއްވި އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ބައްދަލުވުމުގައެވެ. މިބައްދަލުވުމުގައި މެމްބަރުންވަނީ އިންފޮމޭޝަން ކޮމިޝަނަރަކަށް ކޮމިޓީން ފާސްކޮށްފައިވާ ތިންބޭފުޅުންނާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައެވެ.

މިއަދުގެ މަޖިލީހުގެ ވޯޓު ގަޑީގައި އިންފޮމޭޝަން ކޮމިޝަނަރަކަށް ކޮމިޓީން ތަޅުމަށް ފޮނުވި ތިންބޭފުޅުން ކަމުގައިވާ ހުސައިން ފިޔާޒު މޫސާއާއި އަޙްމަދު ފަޔާޒާއި، އަޙްމަދު އާހިދު ރަޝީދަށް ވޯޓަށް އެހުން އޮންނާނެއެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން މިފަދަ ވިޕެއް ނެރުމުން އިންފޮމޭޝަން ކޮމިޝަނަރަކަށް ފިޔާޒް ހަމަޖެހިގެންދާނެކަމަށް ގަބޫލުކުރެވެއެވެ.

ހުސްވެފައިވާ އިންފޮމޭޝަން ކަމިޝަނަރުގެ މަޤާމަށް އައްޔަންކުރެއްވުމަށް ރައީސް ވަނީ 9 ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވާފައެވެ. މިނަންތަކުގެ ތެރެއިން ރައީސް އިސްކަންދެއްވާފައިވާ ތަރުތީބުން 4 ބޭފުޅަކާ ކޮމެޓީންވަނީ އިންޓަރވިއުކޮށްފައެވެ.

ކޮމެޓީން އިންޓަރވިއުކުރީ ހުސައިން ފިޔާޒު މޫސާ އާއި އަޙްމަދު ފަޔާޒާއި، އަޙްމަދު އާހިދު ރަޝީދުގެ އިތުރުން ފާތިމަތު ސައުޝަން އެވެ. މިބޭފުޅުންގެ ތެރެއިން ފާތިމަތު ޝައުޝަން ނޫން އަނެއް ތިން ބޭފުޅުނަށް ރުހުން ހޯދުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކުރީ ކޮމެޓީގައި ބައިވެރިވެޑައިގެން ނުވަ މެމްބަރުންގެ ވޯޓުންނެވެ.

މަޖިލީހުގެ ޤަަވައިދަށް ގެނައި އިސްލާހުގެ ދަށުން މި އިންޓަރވިއުތައް ލައިވްކުރުމުގެ ހުއްދަ މީޑިއާތަކަށް ދިނުމުން މިނިވަން މުޢައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުންތައް ޓީވީ ޗެނަލްތަކުން ފުރަތަމަ ފަހަރަށްވަނީ ލައިވްކޮށް ދައްކާފައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރުގެ ދައުރު މިއަހަރުގެ ޖުލައި މަހުގެ 22ވަނަ ދުވަހު ހަމަވެފައިވާތީއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނު ބުނާގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަންޖެހެއެވެ. ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމް ހުސްކޮށް އޮންނަތާ މިހާރު 2 މަސް ދުވަހަށްވުރެ ގިނަދުވަސް ވަނީ ވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ