އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަހާޒާއި ދިޔާނާގެ ނަން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި!

މަހާޒާއި ދިޔާނާގެ ނަން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ މަޤާމަށް ޢައްޔަންކުރުމަށް މަހާޒް އަލީ ޒާހިރާއި، ފާޠިމަތު ދިޔާނާ ސަޢީދުގެ ނަންފުޅު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި ދެބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލެޙެވެ. މިއަދުގެ މަޖިލީހުގައި ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީފުޅު އިއްވައި މިމައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށްވަނީ ފޮނުވާފައެވެ.

ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ މަގާމަށް ޢައްޔަންކުރެއްވުމަށް ފޮނުއްވި ދެބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މަހާޒް ޢަލީ ޒާހިރަކީ ޑްރަގް ކޯޓުގެ ޤާޒީއެކެވެ. ދިޔާނާ ސަޢީދަކީ ކުރީގެ ބަންޑާރަ ނާއިބުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ 2 ބޭފުޅުންނަކީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައީސުލް ޖުމްހޫރިއްޔާއަށް ލަފާ އެރުވި ދެބޭފުޅުންނެވެ.

ސްޕްރީމްކޯޓްގެ ބެންޗަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުންވަނީ ނިންމަވާފައެވެ. އެގޮތުން މިހާރު އެބެންޗުގައި 7 ބޭފުޅުން ތިއްބަވާގޮތަށް ވަނީ ކަނޑައަޅުއްވާފައެވެ. ބެންޗު އަކުލަވާލާފައިވާގޮތުން މިހާރު ތިއްބެވި 6 ބޭފުޅުންނާއެކު ދެން ޢައްޔަން ކުރެވޭނީ ރައީސުލް ޖުމްހޫރިއްޔާ މިއަދު މަޖިލީހަށް ހުށަހެޅުއްވި 2 ނަންފުޅުގެ ތެރެއިން ކޮންމެވެސް އެއްބޭފުޅެކެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އިތުރު ދެ ބޭފުޅަކުވަނީ އެކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަން ކުރައްވާފައެވެ. އެއީ ޑރ.އަޒްމިރަލްދާ ޒާހިރާއި އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދެވެ.

ސްޕްރީމް ކޯޓްގެ ބެންޗަށް ބަދަލު ގެނެސްފައިވަނީ ދާއިމީ ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް 2014ވަނަ އަހަރު ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ގެނެސް، ދެފަނޑިޔާރު ވަކި ކޮށްފައިވާތީ ކުރިން އޮތްގޮތަށް ބަދަލު ކުރުމަށެވެ. ސުޕްރީމް ކޯޓްގެ ފަނޑިޔާރުގެ މަޤާމު ހުސްވެފައިވަނީ ފަނޑިޔާރުކަމުގެ މަޤާމުން އަލްއުސްތާޛް ޢަބްދުﷲ ދީދީ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ