އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެކުނުގެ 5 އަތޮޅު ހިމެނޭ ގޮތަށް އެސޯސިއޭޝަންއެއް އުފެއްދުމަށް ހުށަހަޅައިފި

ދެކުނުގެ 5 އަތޮޅު ހިމެނޭ ގޮތަށް އެސޯސިއޭޝަންއެއް އުފެއްދުމަށް ހުށަހަޅައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

އައްޑޫސިޓީ ކައުންސިލުން ދެކުނުގެ 5 އަތޮޅު ހިމެނޭ ގޮތަށް ސަދަން ރީޖަނަލް އެލަޔަންސް (އެސް.އާރ.އޭ) ގެ ނަމުގައި އެސޯސިއޭޝަންއެއް އުފެއްދުމަށް މިއަދު ފެށި ތިންވަނަ ދެކުނު މަހާސިންތާ އަށް ހުށަހަޅައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން ބުނެފައިވަނީ މިއެސޯސިއޭޝަންގެ ބޭނުމަކީ ދެކުނުގެ އަތޮޅުތައް އެކީގައި އިޤްތިސާދީ، އިޖުތިމާޢީ އަދި ސަޤާފީ ތަރައްޤީއަށްޓަކައި އެއްލަޅުދަނޑިތަކެއް ހާސިލުކުރުމަށް މަސައްކަތް ކުރުންކަމަށެވެ.

ދެކުނުގެ ފަސް އަތޮޅު ކަމުގައިވާ ލ. އަތޮޅާއި، ގއ އަދި ގދ އަތޮޅާއި ފުވައްމުލަކު ސިޓީ އަދި އައްޑޫސިޓީ ކައުންސިލް ހިމެނޭ ގޮތަށް ބާއްވާ މިމަހާސިންތާ މިފަހަރު އޮތީ ގއ. ވިލިނގިލީގައެވެ. މިއަދު ހެނދުނު ފެށުނު މިމަހާސިންތާ ފައްޓަވައި ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ރައީސް މުޙައްމަދު ނަޝީދެވެ.

މިމަހާސިންތާގައި ދެކުނުގެ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އަދި ދެ ސިޓީ ކައުންސިލްގެ އިތުރުން ދެކުނަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވައެވެ. ތިން ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްދާ  މިމަހާސިންތާގެ ފުރަތަމަ ދަންފަޅީގައި މަޖިލިސް މެންބަރުންވަނީ ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް ލާމަރުކަޒީކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުންތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަވާފައެވެ.

މަހާސިންތާގެ ދެވަނަ ދަންފަޅީގައި ދެކުނުގެ އަތޮޅުތަކުގެ ދަތުރުފަތުރުގެ ނިޒާމަށް ގެނެވޭނެ ރަނގަޅު ބަދަލުތަކާ މަސްވެރިކަމާ ދަނޑުވެރިކަމާ ގުޅޭގޮތުން މަހާސިންތާގެ ބައިވެރިންވަނީ މަޝްވަރާ ކުރައްވާފައެވެ. މަހާސިންތާގެ ތިންވަނަ ދަންފަޅީގައި ދެކުނުގެ ޓޫރިޒަމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު