އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެން ނަގާ ރާޅު މާބޮޑުވާނެ! "ޢިލްމުވެރިންގެ ގުޅުމުގެ" މަސައްކަތްތައް ވަރުގަދަކޮށްދެއްވާ!

ދެން ނަގާ ރާޅު މާބޮޑުވާނެ! "ޢިލްމުވެރިންގެ ގުޅުމުގެ" މަސައްކަތްތައް ވަރުގަދަކޮށްދެއްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

އިސްލާމް ދީނަށް ޙަމަލާ ދިނުމުގެ ޢަމަލުތަކަކީ އެއްވެސް ޒަމާނެއްގައި ނިމިގެންދާ ކަމެއް ނޫނެވެ. އެމްޑީއެން އިން ކުރަމުން އައި މަސައްކަތްތައް އެ ޖަމާޢަތުގެ ނަމުގައި އިތުރަށް ނުކުރެވުނު ނަމަވެސް އެކަންކުރި ލާދީނީ ފިކުރުގެ މީހުން އަދިވެސް އެތިބީ ހަމަ އެގޮތުގައެވެ. ރާއްޖެއިން އިސްލާމް ދީން ފުހެލަން ޚަރަދުކުރާ ޖަމާޢަތްތަކުގައި ފައިސާތައް ބައިވަރެވެ. 

އެހެންކަމުން ދެން ނަގާ ރާޅު މާބޮޑުވާނެއެވެ. މާނުރައްކައުތެރިވެސް ވާނެއެވެ. ޑިމޮކްރަސީ އަންނަން ޖެހޭނީ އިސްލާމް ދީނުގެ ފަހަތުން ކަމަށް މުސްލިމުން ޤަބޫލުކުރާ ޢަޤީދާ ބަދަލުކުރުވަން އދ އިން އެގެންދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. އެންމެ ކުރިއަށް ނެރެންޖެހޭނީ އިސްލާމް ދީން ކަމަށް ބުނެ ފުރިހަމައަށް އިސްލާމް ދީނަށް އަމަލުކުރާ މީހުންނަކީ ހަރުކަށި، ހައްދުފަހަނައަޅާފައިވާ މީހުން ކަމަށް އެގެންދަނީ ހަދަމުންނެވެ.

އދގެ އެ ނިންމުމަށް އަމަލުކުރުމުގެ ގޮތުން ސައުދިޢަރަބިޔާއިން މިހާރުވެސް ވަނީ އެތައް ހާސް ދީނީ ޢިލްމުވެރިން ލޭބަލްކޮށް ހުއްދަ ބާޠިލުކޮށްފައެވެ. އެތައް ހާސް ޢިލްމުވެރިން ވަނީ ޖަލުތަކުގަ އާއި ގޭގައި ބަންދުކޮށްފައެވެ. ރާއްޖޭގައިވެސް އެގޮތަށް އެކަންކަން ކުރުވަން އެގެންދަނީ ބާރުއަޅަމުންނެވެ. 

އިސްލާމް ދީން ނައްތާލަން ކުރާ ކަންކަމުގެ ތެރެއިން އިސްލާމް ދީނަށް އިތުރު ނަޞްރު ލިބެމުން އަންނަކަން އެއީ ޤަބޫލުކުރަންޖެހޭ ކަމެކެވެ. އަބަދުވެސް ލޮލަށް ފެންނަ ޙަޤީޤަތަކަށްވާތީއެވެ. އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ލިބުނު އެންމެ ބޮޑު އެއް ނަޞްރަކީ ފިލައި ތިބި ގިނަ ބައެއްގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަވުމެވެ. ދެވަނަ ނަޞްރަކީ "ޢިލްމުވެރިންގެ ގުޅުން" ވުޖޫދުވުމެވެ. 

ރައްޔިތުންގެ އާދޭހަކީ "ޢިލްމުވެރިންގެ ގުޅުން" ބާރަށް ކުރިއަށް ގެންގޮސް ދެއްވުމެވެ. "ޢިލްމުވެރިންގެ ގުޅުން" އިތުރަށް ބަދަހިކޮށްދެއްވެވުމެވެ. ނޭވާ ހަށީގައި ހިނގާހައި ހިނދަކު އެހެން އެއްވެސް ދީނަކަށް ރާއްޖެއިން ފުރުޞަތު ނުދިނުމަށް ކުރަން ހުރި މަސައްކަތްތައް ކޮށްދެއްވެވުމެވެ. 

ދިވެހި ޤައުމު ހަމައެކަނި އިސްލާމް ދީންކަންމަތީ އަބަދަށް!

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު