އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހި ފިލްމް އެވޯޑްސް 9 ގެ ނޮމިނޭޝަންސްތައް!

ދިވެހި ފިލްމް އެވޯޑްސް 9 ގެ ނޮމިނޭޝަންސްތައް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 29 މިނެޓް, 12 ސިކުންތު

ނޭޝަނަލް ސެންޓާ ފޮ ފި އާޓްސް އިން ބައިސްކޯފު އާއި ގުޅިގެން މިމަހުގެ 15 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ބައިސްކޯފް ޕްރެސެންޓްސް ދިވެހި ފިލްމް އެވޯޑްސް 9" ގެ ފީޗަރ ފިލްމުގެ ބައިން އެކި ވަނަތަކަށް ނޮމިނޭޓްވި ފަރާތްތައް މިރޭ ވީޓީވީ މެދުވެރިކޮށް އިއުލާން ކޮށްފިއެވެ.

މުހިންމު ހަ ކެޓަގަރީ އެއްގެ ނޮމިނޭޝަންތައް އިއުލާން ކޮށްފައިވާއިރު، ކޮންމެ ކެޓެގަރީއަކުން އެންމެ މޮޅު ފަސް ނަން ހިމަނާފައިވެއެވެ.

 

ކެޓެގަރީތަކާއި ނޮމިނޭޓްވި ފަރާތްތައް:

 

-         އެންމެ މޮޅު އެކްޓަރ (އަންހެން)

 

·        މަރްޔަމް އައްޒަ (މީ ލޯތްބަކީ)

·        މަރްޔަމް އައްޒަ (ހައްދު)

·        ޢާއިޝަތު ރިޝްމީ ރަމީޒް (ވިޝްކާ)

·        މަރްޔަމް މަޖުދާ (ވަކިން ލޯބިން)

·        ނުޒުހަތު ޝުޢައިބު (މަލިކާ)

 

-         އެންމެ މޮޅު އެކްޓަރ (ފިރިހެން)

 

·        މުޙައްމަދު މުންތަސިރު (އިލް ނޮއިސް)

·        ޔޫސުފް ޝަފީޢު ޢަލީ (ދެވަންސޫރަ)

·        ރަވީ ފާރޫޤް (ވިޝްކާ)

·        މުޙައްމަދު ޖުމައްޔިލް ނިމާލު (ވަކިން ލޯބިން)

·        އިސްމާޢީލް ޒާހިރު (މަލިކާ)

 

 

-         އެންމެމޮޅު ސަޕޯޓިންގ އެކްޓަރ (އަންހެން)

 

·        ފާޠިމަތު އާޒިފާ (ބޮސް)

·        ފައުޒިއްޔާ ޙަސަން (ހައްދު)

·        ފާޠިމަތު އާޒިފާ (ދެވަންސޫރަ)

·        ޚަދީޖާ އިބްރާހީމް ދީދީ (ވަކިން ލޯބިން)

·        ނުޒުހަތު ޝުޢައިބު (ވަކިން ލޯބިން)

 

-         އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ (ފިރިހެން)

 

·        އިބްރާހީމް ޖިހާދު (ބޮސް)

·        ޢަލީ އާޒިމް (ހައްދު)

·        ޢަލީ އާޒިމް (ދެވަންސޫރަ)

·        އިބްރާހީމް ޖިހާދު (ދެވަންސޫރަ)

·        އަޙްމަދު ސަޢީދު (ވިޝްކާ)

 

-         އެންމެ މޮޅު ޑައިރެކްޓަރ

 

·        އިސްމާޢީލް ނިހާދު (އިލް ނޮއިސް)

·        ޢަބްދުލް ފައްތާޙް (ހައްދު)

·        ޔޫސުފް ޝަފީޢު ޢަލީ (ދެވަންސޫރަ)

·        ރަވީ ފާރޫޤް (ވިޝްކާ)

·        ޢަލީ ޝިފާޢު (ވަކިން ލޯބިން)

 

 

-         އެންމެ މޮޅު ފިލްމް

 

·        އިލް ނޮއިސް (މުޙައްމަދު މުންތަސިރް)

·        ހައްދު (ޢަބްދުލް ފައްތާޙް / ނިޢުމާ މުޙައްމަދު)

·        ދެވަންސޫރަ (ޢަލީ ޝަޒްލީން)

·        ވިޝްކާ (ޢާއިޝަތު ރިޝްމީ ރަމީޒް)

·        ވަކިން ލޯބިން (މުޙައްމަދު ޢަލީ / ޢާއިޝަތު ފުއާދު ތައުފީޤް)

 

ނޮމިނޭޝަންސް ތަކަށް ބަލާއިރު އެންމެ ކުރީގައި އުޅެނީ "ވަކިން ލޯބިން" އާއި "ދެވަންސޫރަ" މި ދެ ފިލްމެވެ. މި ދެފިލްމުވެސް ހަ ކެޓަގަރީގައިވެސް ހިމެނިފައިވާއިރު "ހައްދު" އާދި "ވިޝްކާ" ނޮމިނޭޓް ވެފައިވަނީ ފަސް ކެޓަގަރީ އިންނެވެ.

ތަރިންގެ ނޮމިނޭޝަންސް އަށް ބަލާއިރު "ޔާރާ ސިސްޓާސް" ގެ ގޮތުގައި މިދާއިރާގައި ނަން މައްޝޫރުވެފައިވާ އައިޗަތު ރިޝްމީ އާއި މަރިޔަމް އައްޒަ "އެންމެ މޮޅު އަންހެން އެކްޓާ" ގެ ކެޓެގަރީގައި ވާދަ ކުރެއެވެ. މިދެބެންނާއެކު ދެން މިކެޓެގަރީގައި ވާދަ ކުރަނީ ކުރިން މިއެވޯޑު ހާސިލު ކުރި މަރިޔަމް މަޖުދާ އާއި މިހާރު ގިނަ ފިލްމުތަކުން ދިވެހި ފިލްމު އިންޑަސްޓްރީގައި ފިޔަޖަހަމުން އަންނަ ނުޒުހަތު ޝުއައިބުއެވެ.

ފިރިހެން ފަންނާނުންގެ ތެރެއިން ޔޫސުފް ޝަފީޢު، ރަވީ ފާރޫޤް، ޢަލީ އާޒިމް، މުޙައްމަދު މުންތަސިރު، އިބްރާހީމް ޖިހާދު، މިއިން ކޮންމެ ފަންނާނަކު 2 ކެޓަގަރީއަކުން ނޮމިނޭޓް ވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ