އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިން ބަލައިނުގަތް ކަމަށް ބުނެ ޤުރްއާން އުނގަންނައި ދިނުމާ ނަމާދުކުރުވުން ހުއްޓާލެވޭނެ ގޮތެއް ނެތް: ނޫމާން ޢަލީ ޚާން

ދަރިން ބަލައިނުގަތް ކަމަށް ބުނެ ޤުރްއާން އުނގަންނައި ދިނުމާ ނަމާދުކުރުވުން ހުއްޓާލެވޭނެ ގޮތެއް ނެތް: ނޫމާން ޢަލީ ޚާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު

ކީރިތި ޤުރްއާން އެމީހެއްގެ ޢާއިލާއަށް އުނގަންނައި ދިނުމަކީ ކޮންމެ މީހެއްގެ ވެސް އެންމެ ބޮޑު މަސްއޫލިއްޔަތެވެ. މީގެ ތެރޭގައި އިސްލާމް ދީނުގެ އެންމެހައި ކަންކަން އުނގަންނައިދިނުން ހިމެނެއެވެ. ނަމަވެސް އެކަމަށް މަސައްކަތްކޮށްލުމުން އެންމެ އެދެވޭ ނަތީޖާ ނުފެނިއްޖެ ނަމަ ދެން މިފެންނަނީ މަސައްކަތް ހުއްޓައިލާތަނެވެ. އެކަން ނުވީ ކަމަށް ބަލައިފައެވެ. 

"ކިޔަވާށެވެ! އުނގެނޭށެވެ! ނަމާދުކުރާށެވެ!" ބުނުމުން އެކަންކަން ނުކުރި ނަމަ ދެން މިފެންނަނީ އަޅައިވެސް ނުލާ ދޫކޮށްލެވޭ ތަނެވެ. މީސްތަކުންނޭވެ! ނިކަން ފުންކޮށް ވިސްނައިލަބަލާށެވެ! 

ކީރިތި ޤުރްއާން ބާވައިލެއްވެވުނީ ރަސޫލް (ޞޢވ) އަށެވެ. ޤުރްއާން ބާވައިލައްވަވަން ފެށްޓެވުމުން ރަސޫލާ (ޞޢވ) އެންމެ ބޮޑަށް މަސައްކަތްޕުޅު ކުރެއްވެވީ ޤުރައިޝުންނަށް ދަސްފުޅުކޮށް ދެއްވެވުމަށެވެ. 10 އަހަރަށްވުރެ ގިނަ ދުވަހު އެކަމަށް އިންތިހާއަށް މަސައްކަތްޕުޅު ކުރެއްވެވިއެވެ. 

ދުނިޔޭގައިވާ އެންމެ އަގުބޮޑު އެއްޗަކީ ކީރިތި ޤުރްއާނުގެ އާޔަތްތަކެވެ. ޤުރައިޝުން އެންމެ އާޔަތެއް އަޑުއަހަން ބޭނުން ނުވިއިރުވެސް ﷲ ތަޢާލާ ގެންދެވީ އާޔަތަކަށްފަހު ޢާޔަތެއް ބާވައިލައްވަވަމުންނެވެ. ކޮންމެ އާޔަތެއް ބާވައި ލެއްވެވުމުންވެސް އެ އާޔަތް ޤުރައިޝުންނަށް ދަސްފުޅުކޮށްދެއްވަން އިންތިހާއަށް މަސައްކަތްޕުޅު ކުރެއްވެވިއެވެ. 

ވީމާ އެކެތްތެރިކަން ލިބިގަންނަން އަހަރެމެންވެސް މަސައްކަތްކުރަން ޖެހޭނެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިގެން މަސައްކަތް ކުރާށެވެ! މިވެނި މީހަކު ނުވަތަ މިވެނި ދަރިއަކު ނުކިޔެވި، ނަމާދު ނުކުރި ކަމަށް ބުނެ މަސައްކަތް ކުރުން ހުއްޓައި ނުލާށެވެ! 

މިއަދުގެ ކުދިންނަށް ކަންކަން ވިސްނައިދޭން މަސައްކަތްކުރަންވާނީ ވަރަށް ކެތްތެރިކަމާއިއެކުގައެވެ. ހަރުކަށިކަމާއިއެކު މުޢާމަލާތުކުރާނަމަ ފޫހިވެ އަޑުއަހަންވެސް ބޭނުމެއްވެސް ނުވާނެއެވެ. އަދި އިސްލާމް ދީނާއި ދުރަށްވެސް ހިނގައިދާނެއެވެ. ވީމާ އޯގާތެރިކަމާއިއެކު ބަސް ބުނާށެވެ. ޙިކުމަތްތެރިކަން އިސްކުރާށެވެ! ބޭނުން ކުރެވެން ހުރި ހުރިހާ ވަސީލަތްތަކެއް ވެސް ބޭނުންކުރާށެވެ! މަސައްކަތްކުރަންވީ ދަރިންގެ ހިތްތަކަށް ކީރިތި ޤުރްއާނެ ވެއްދުވުމަށެވެ. ނަމާދުކުރުގެ އާދަ އަށަގެންނެވުމަށެވެ. 

ދަރިން ފަސޭހައިން ބަލައިގަތް ނަމަވެސް އަދި ބަލައިގަންނަން ފަސްޖެހުނު ނަމަވެސް މަސައްކަތުގައި ދޫ ނުދޭށެވެ! ފަރުވާކުޑަނުކުރާށެވެ! ކުރާ މަސައްކަތުގައި ބަރަކާތް ލެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ! ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ. 

- އުސްތާޛް ނޫމާން ޢަލީ ޚާން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް