އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިފަހަރު ދިވެހި ފިލްމު އެވޯޑްސްގަ ގުގުމާލީ "ވިޝްކާ"!

މިފަހަރު ދިވެހި ފިލްމު އެވޯޑްސްގަ ގުގުމާލީ "ވިޝްކާ"!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 18 މިނެޓް, 6 ސިކުންތު

އެފިލްމެއް އެޅުވުމަށް 2016 ވަނަ އަހަރުން ފެށިގެން ތައްޔާރުވަމުން އައި ދުވަހުން ފެށިގެން ވެސް، އެންމެ ތަފާތު އަދި އެހާމެ އެއިރު ރާއްޖޭގެ ހާލަތާއިވެސް ގުޅުނު ފިލްމެއްކަމުގައިވީ ޔާރާ ޕްރޮޑަކްޝަންސުން އުފެއްދި ދިވަހި ފިލްމު "ވިޝްކާ" އެވެ.

"މޯސްޓް ކޮންޓްރަވާރޝަލް ފިލްމް އޮފް ދަ އިޔަރ" ގެ ލަގަބު އެފިލްމަށް ލިބުނީވެސް ސަބަބުތަކަކާއި ނުލައެއް ނޫނެވެ. އެއީ ފިލްމު އުފެއްދުމުގެ މަސައްކަތް ފެށި ދުވަހުން ފެށިގެން، ބެލުންތެރިންނާއި ހަމައަށް އައުމަށްފަހު ވެސް "ވިޝްކާ" ވެގެންދިޔައީ ނުހަނު ގިނަ ކަންތައްތަކަކާއި ކުރިމަތިލާން ޖެހުނު ފިލްމަކަށެވެ.

2017 ވަނަ އަހަރުގެ މާރޗް މަހުގެ އަށްވަނަ ދުވަހު ޝްވެކް ސިނަމާގައި އެޅުވި "ވިޝްކާ" މިވަނީ ރޭ އޮލިމްޕަހުގައި ބޭއްވި "ދިވެހި ފިލްމު އެވޯޑްސް 9" ގައި ގުގުމާލާފައެވެ. ޖުމްލަ ހަތް އެވޯޑާއެކު އެންމެ މޮޅު ފިލްމުގެ އެވޯޑުވެސް އުފުލާލީ "ވިޝްކާ" އެވެ.

"ވިޝްކާ" އަށް އެންމެ މޮޅު ފިލްމުގެ އެވޯޑު ހަވާލުކޮށްދެއްވީ ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފު އާއި މިނިސްޓްރީ އޮފް އާޓްސް އެންޑް ކަލްޗާރ ގެ ޑެޕިއުޓީ މިނިސްޓަރ ޝިދާތާ ޝަރީފު އެވެ.

 

ދިވެހި ފިލްމު އެވޯޑްސް 9 ގައި އެވޯޑް ހާސިލްކުރި ފަރާތްތައް:

 

-         ލަވަކިޔުންތެރިޔާ (އަންހެން): ރިފްގާ ރަޝީދު - ވިޝްކާ

 

-         ލަވަކިޔުންތެރިޔާ (ފިރިހެން): އަހްމަދު ނަބީލް - ބޮސް

 

-         ސްޕެޝަލް ޖޫރީ ޕްރައިޒް (ޔަންގް ޓެލަންޓް): މަރިޔަމް ޔަލާ - ވަކިން ލޯބިން

 

-         އާޓް ޑިރެކްޓާ: އަހްމަދު މުހައްމަދު - ވިޝްކާ

 

-         ކޮސްޓިއުމް ޑިޒައިން: ނޫރާ - ވިޝްކާ

 

-         ސައުންޑް ޑިޒައިން: މުހައްމަދު އިކްރާމް - ވިޝްކާ

 

-         ބެކްގްރައުންޑް ސްކޯ: އިސްމާއިލް އަދީލް - އިލްނޮއިސް

 

-         އެޑިޓިން: ޔޫސުފް ޝަފީއު - ދެވަންސޫރަ

 

-         ސިނަމެޓޮގްރަފީ: އަހްމަދު ޝާމިން ނިޒާމް - ވިޝްކާ

 

-         ސްކްރީންޕްލޭ: ޔޫސުފް ޝަފީއު - ދެވަންސޫރަ

 

-         ލައިފްޓައިމް އެޗީވްމަންޓް އެވޯޑު: މުހައްމަދު ރަޝީދު (ދަރާ ރަޝީދު)

 

-         ސަޕޯޓިން އެކްޓަރު (އަންހެން): ހަދީޖާ އިބްރާހިމް ދީދީ - ވަކިން ލޯބިން

 

-         ސަޕޯޓިން އެކްޓަރު (ފިރިހެން): އަލީ އާޒިމް - ހައްދު

 

-         ސްޕެޝަލް ޖޫރީ އައުޓްސްޓޭންޑިން ޕާފޯމަންސް: އަލީ އާޒިމް

 

-         އެންމެ މޮޅު އެކްޓަރު (އަންހެން): ރިޝްމީ ރަމީޒް - ވިޝްކާ

 

-         އެންމެ މޮޅު އެކްޓަރު (ފިރިހެން): ޔޫސުފް ޝަފީއު - ދެވަންސޫރަ

 

-         އެންމެ މޮޅު ޑައިރެކްޓަރު: ޔޫސުފް ޝަފީއު - ދެވަންސޫރަ

 

-         އެންމެ މޮޅު ފިލްމު: ވިޝްކާ

 

މީގެއިތުރުން މުހައްމަދު ރަޝީދު (ދަރާ ރަޝީދު)އަށް ލައިފް ޓައިމް އެޗީވްމެންޓް އެވޯޑް ހަވާލުކޮށްދެއްވީ އެވޯޑް ހަފުލާގެ ޝަރަފުވެރި މެހެމާން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ