އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑރ. އަފްރާޝީމް އަވަހާރަކޮށްލުން ފުރަތަމަ ސިޔާސީ ކަމަކަށް - ދެން ދީނީ ޢިލްމުވެރިންނަށް - ދެން ސްޓެލްކޯގެ ޖެނެރޭޓަރުތަކަށް!

ޑރ. އަފްރާޝީމް އަވަހާރަކޮށްލުން ފުރަތަމަ ސިޔާސީ ކަމަކަށް - ދެން ދީނީ ޢިލްމުވެރިންނަށް - ދެން ސްޓެލްކޯގެ ޖެނެރޭޓަރުތަކަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގެ މައްސަލަ ބެލުމަށްފަހު ފުލުހުން ހާމަކުރި ރިޕޯޓުގައިވާގޮތުން އެއީ އެމްޑީޕީގެ އެއިރުގެ ބޮޑުންގެ ބައަކު ޚަރަދުކޮށްގެން ކުރުވި ކަމެކެވެ. ރީކޯ މޫސާ މަނިކާއި އޭނާގެ ދަނބިދަރިފުޅު "ޖާ" އާއި މިނޫންވެސް ބައެއް ނަންތައް ފުލުހުން ހާމަކުރިއެވެ. 

ދެން މިފެނުނީ މަރު ކޮމިޝަނުގެ ރިޕޯޓެވެ. ބޭނުންވާ ބައެއް މައުލޫމާތު މިހާރު މަދުވެފައިވާ ކަމަށް ބުނެ ނެރުނު ރިޕޯޓު ގެންގޮސްފައިވަނީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށާއި އަދާލަތު ޕާޓީ އަށާއި ދީނީ ޢިލްމުވެރިންނަށް އަމާޒުކޮށެވެ. 

މިހައި ތަފާތު ބޮޑު 2 ރިޕޯޓެއް ނެރުމުން ގިނަ ބައެއްގެ ހިތުގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. ޑރ. އަފްރާޝީމް އަވަހާރަކޮށްލި ބައަކު އެކަން ކުރީ އެބައަކަށް ގިނަ އަދަދެއްގެ ފައިސާ ދީގެންކަން އެއީ ފެށުނީންސުރެ ގިނަ ބައަކު ޤަބޫލުކުރަމުން އަންނަ ކަމެކެވެ. ފުލުހުންގެ ތަޙްޤީޤަށް ލިބިފައިވާ ބައެއް ހެކިތައްވެސް ފުލުހުން އެއިރު ވަނީ ޢާންމުކޮށްފައެވެ. 

ހަމަ އެއާއިއެކު ޑރ. އަފްރާޝީމް އަވަހާރަކޮށްލީ ބޭރުން އައި ބައެއް ކަމަށާއި އެކަންކޮށްފައި އެމީހުން ވަނީ ފުރާފައި ކަމަށް ރައީސް ނަޝީދު ވިދާޅުވި މައްސަލައަށް އެއްވެސް ވަރަކަށް ކޮމިޝަނުގެ ރިޕޯޓުގައި ރިޢާޔަތް ކޮށްފައި ނެތުމަކީ ވެސް ވަރަށް ގިނަ ސުވާލުތައް އުފެދޭ ކަމެކެވެ.

މިހާރު ބައެއް މީހުން ބުނަނީ ކަންކަން ބަދަލުވަމުން މިދާގޮތުން އިތުރު ތަޙްޤީޤެއް ކޮށްފިނަމަ ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގެ މައްސަލަ ސްޓެލްކޯގެ ޖެނެރޭޓަރުތަކަށް އަމާޒުވުމަކީވެސް ވަރަށް އެކަށީގެންވާ ކަމެކެވެ. ސަބަބަކީ ޑރ. އަފްރާޝީމް ދިރިއުޅުއްވި ގެ ހުންނަނީ ޖެނެރޭޓަރުތަކާއި އެންމެ ކައިރީގައި ހުރި ގެތަކުގެ ތެރޭގައި ކަމަށްވުމުން ކަމަށެވެ.  

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް