އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާ ޑރ. ޝަހީމް އާ އެއްވެސް ގުޅުމެއް ނެތްކަމަށް ރިޕޯޓުގައި ވަރަށް ސާފުކޮށް އެބައޮތް!

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާ ޑރ. ޝަހީމް އާ އެއްވެސް ގުޅުމެއް ނެތްކަމަށް ރިޕޯޓުގައި ވަރަށް ސާފުކޮށް އެބައޮތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާއި އެއިރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި އެއްވެސް ގުޅުމެއް ނެތްކަމަށް ރިޕޯޓުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބައޮތެވެ. 

ޑރ. ޝަހީމްގެ އިތުރުން އަދާލަތު ޕާޓީ އާއިވެސް އެއްވެސް ގުޅުމެއް ނެތްކަމަށް ރިޕޯޓުގެ 51 ވަނަ ޞަފްޙާގައި ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްފައެވެ.

(ރިޕޯޓުގެ 51 ވަނަ ޞަފްޙާ) 

މިފަދަ ގިނަ މައުލޫމާތުތަކެއް ރިޕޯޓުގައި ހުއްޓައިވެސް މިފަދަ އެއްވެސް ކަމަކަށް ބެލުމެއް ނެތި ސިޔާސީ ބޭނުންތަކަށްޓަކައި އެމީހަކަށް ފެންނަ ގޮތަކަށް ކަންކަން މާނަކުރަމުން ގެންދާތީ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. 

ޑރ. އަފްރާޝީމް ޢަލީ އެ ރޭ ޓީވީއެމްގެ ޕްރޮގްރާމަކަށް އަރައިވަޑައިގަތުމުގެ ހަޤީޤަތްވެސް ބެލުމެއްނެތި ހާމަކުރަމުން ގެންދާކަން އެއީ ވެސް ކަންބޮޑުވުން އިތުރުވާ ކަމެކެވެ. އެއިރު ޑރ. އަފްރާޝީމް މަސައްކަތް ކުރައްވަމުން ގެންދެވީ ފިޤްހް އެކަޑެމީގެ މެންބަރަކަށްވެ ވަޑައިގަތުމަށެވެ. ވީމާ އެއިގެ ކުރިން ދީނީ ޢިލްމުވެރިންނާއި ރައްޔިތުންގެ ޙިތް ހަލާލް ހޯއްދެވުމުގެ ވިސްނުންފުޅެއް ޑރ. އަފްރާޝީމް ގެންގުޅުއްވީކަން ރިޕޯޓްގައި ހުރި އެސްއެމްއެސްތަކުން ހާމަވެއެވެ. އަދި ޓީވީ ޕްރޮގްރާމަށް އަރާވަޑައިގަންނަވަން ޑރ. އަފްރާޝީމް ބޭނުންފުޅުވެގެން ހުންނެވި މިންވަރާއި އެކަމުގައި އެހީތެރިވެދެއްވަން ޑރ. ޝަހީމް ކުރެއްވެވި މަސައްކަތްޕުޅުތައްވެސް ހާމަވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް