އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުޢާ އިޖާބަ ކުރެއްވެވުމާއި ނަމާދާއި ހުރި ގުޅުމަށް ވިސްނައި އަމަލުކުރާނަމަ ހުރިހާ ކަމެއްވެސް ދާނީ ކާމިޔާބުވަމުން! އިން ޝާ ﷲ.

ދުޢާ އިޖާބަ ކުރެއްވެވުމާއި ނަމާދާއި ހުރި ގުޅުމަށް ވިސްނައި އަމަލުކުރާނަމަ ހުރިހާ ކަމެއްވެސް ދާނީ ކާމިޔާބުވަމުން! އިން ޝާ ﷲ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

ނަމާދުކުރުމަކީ ކުޑަ ކަމެއް ކަމަށް ނުދެކޭށެވެ! އަދި އެއީ އެންމެ ބޮޑު ކަންތައް ކަމަށްވެސް ދެކޭށެވެ! އެހެނީ އަހަރެމެން ކޮންމެ މީހަކީވެސް އަބަދުވެސް ކަންކަމަށް އެދި ދުޢާކުރަން ޖެހިފައި ތިބި ބައެކެވެ. ދުނިޔެއިން ބޭނުންވާ ހުރިހާ ކަންކަން ފުދިފައި ތިބި ނަމަވެސް ސުވަރުގެ ދެއްވެވުން އެދިގެންނާއި ނަރަކައިން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާ ކުރަން ނުޖެހޭ ހަމަ އެކަކުވެސް ނުހުންނާނެއެވެ. 

ދުޢާ ޢިޖާބަ ކުރައްވަވަން އެދޭ މީހާ ނަމާދު ނާޅާށެވެ! އެހެނީ ﷲ ތަޢާލާގެ ޙަޟްރަތުން ވާގި އެދުމުގައި އޮތް ފުރަތަމަ 2 ޝަރުތަކީ ކެތްތެރިކަމާއި ނަމާދު ކުރުމެވެ. 

"އަދި ކެތްތެރިކަމާއި ނަމާދުން ތިއަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.)" (ބަޤަރާ: 45) 

ފަރުޟު 5 ނަމާދު ކުރުމަކީ އުނދަގޫ ކަމަކަށްވަނީ އެކަމުގެ މުހިންމުކަން އިޙްޞާޞް ނުކުރެވޭ މީހުންނަށެވެ. އެކަމުގެ މުހިންމު ކަމާއި އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ޤަބޫލުކުރެވޭ މީހުންނަށް އެއީ އެއްވެސް އުނދަގޫކަމެއް ނޫނެވެ. އެފަދަ މީހުން އެއް ނަމާދުން އަނެއް ނަމާދަށް އިންތިޒާރުކުރާނެއެވެ. އެފަދަ މީހުންނަށް ނަމާދު ވަގުތު ކައިރިވުމުން އެކަން އިޙްޞާޞް ކުރެވި ކެތްތެރިކަންވެސް ކުޑަވާނެއެވެ. ހިތް ހަމަޖެހިލައިގެން ކަމެއް ކުރެވޭނީ ވެސް ނަމާދުކުރެވުމުންނެވެ. 

ކަން މިހެން އޮތް ނަމަވެސް ގިނަ މީހުންނަކީ މިދެންނެވި ފަދަ މީހުންނެއް ނޫނެވެ. ނަމާދަށް އިންތިޒާރުކުރާ ބައެއް ނޫނެވެ. ނަމަވެސް ކޮންމެ މީހަކީވެސް ކިތަންމެ ކުޑަ ދަތިކަމެއް މެދުވެރިވި ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ދުޢާކުރުމަށް އަވަސްވެގަންނަ މީހެކެވެ. ވީމާ މިދެ ކަންތައް ދިމައެއް ނުވެއެވެ. 

ކޮންމެ މީހަކުވެސް ދުނިޔޭގައި އުފަލުގައި ދިރިއުޅެންވެސް ބޭނުންވެއެވެ. މަރުވުމުން ކައްވަޅުގެ އަމާންކަމަށާއި ޤިޔާމަތް ދުވަހު ސުވަރުގެ ލިބުމަށް ވެސް އެދޭ މީހެކެވެ. ނަމަވެސް މި ހުރިހާ ކަމެއް ޙާޞިލުވުމުގެ ތަޅުދަނޑިއަކީ ނަމާދުކަމާއިމެދު ނުވެސް ވިސްނައެވެ. އެހެން ނުހަދާށެވެ. ކޮންމެ މީހަކީވެސް ކެތްތެރިކަމާއިއެކު ނަމާދުކުރުމުން ވާގި އެދިއެދި ހުންނަ މީހަކަށްވާށެވެ! ތިއަ އެދޭ ހުރިހާ ކަމެއްވެސް އެއިރުން ދާނީ ޙާޞިލުވަމުންނެވެ. އިން ޝާ ﷲ!   

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް