އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

11 ފިރިހެނުންނާއެކު ރާބޮނިކޮށް ހައްޔަރުކުރީ ފިލްމީތަރި މަލް!

11 ފިރިހެނުންނާއެކު ރާބޮނިކޮށް ހައްޔަރުކުރީ ފިލްމީތަރި މަލް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

އެގާރަ ފިރިހެނުންނާއެކު ހުޅުމާލޭ ގެސްޓްހައުސްއެއްގައި ރާބޮނިކޮށް ހައްޔަރުކުރީ ފިލްމީތަރި މަލީހާ ވަހީދު (މަލް) އެވެ.

މިކަމާއެކު ފުލުހުންގެ މީޑިއާ އޮފިޝަލަކު  ވިދާޅުވެފައިވަނީ، ބަނގުރާ ބޭނުންކޮށް ޕާޓީކުރާ ކަމުގެ އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ފުލުހުންނާއި އެސްއޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭގައިހުރި އެޕާޓްމެންޓެއް ބަލާ، ބަނގުރާ ބޭނުންކުރަންތިބި 11 ފިރިހެނަކާއި އަންހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މިހާދިސާ ހިނގާފައިވަނީ މިރޭ 20:04 ހާއިރުއެވެ.

ފުލުހުން ހައްޔަރު ކޮށްފައިވަނީ ފިލްމީތަރި މަލް ކަމަށް ވަނީ ޔަގީންވެފައެވެ.

ބަނގުރާ ބޭނުން ކުރަނިކޮށް މިރޭ މަލް ހައްޔަރު ކޮށްފައިވާއިރު، މަސްތުވާތަކެއްޗާއެކު ވެސް އޭނާ ވަނީ މިއަހަރު ހައްޔަރު ކޮށްފައެވެ. އޮގަސްޓް މަހުގެ 27 ވަނަ ދުވަހު މަލް ހައްޔަރު ކުރިއިރު އޭނާއާއެކު އިތުރު އަންހެނަކު ވެސް ހައްޔަރު ކުރިއެވެ. މާލެއިން ފުރައިގެން މާމިގިއްޔަށް ދަތުރުކުރާ ލޯންޗެއްގައި މަސްތުވާތަކެތި ގެންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން، ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެދެމީހުންގެ ދަބަހުން މަސްތުވާތަކެތި އަޅާފައިހުރި ޖޫސްޕެޓީ ކޮތަޅަކާއި ޕެކެޓެއް ފެނިފައިވެއެވެ. އެމައްސަލައިގައި އޭނާގެ ބަންދަށް 15 ދުވަސް ޖެހިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ