އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިނަދޫގައި ބޭއްވި އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ތިނަދޫ ޕޮލިސް ސްޓޭޝަންގެ ޓީމް ހޯދައިފި

ތިނަދޫގައި ބޭއްވި އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ތިނަދޫ ޕޮލިސް ސްޓޭޝަންގެ ޓީމް ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

ގދ.ތިނަދޫ ޒުވާނުންގެ މަރުކަޒުން އިންތިޒާމުކޮށްގެން ތިނަދޫގައި ހުރި ސަރުކާރު އޮފީސްތަކުގެ މެދުގައި ބޭއްވި އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ޗެންޕިއަންކަން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ތިނަދޫ ޕޮލިސް ސްޓޭޝަނުގެ ޓީމު ހޯދައިފިއެވެ.

ތިނަދޫ ޕޮލިސް ސްޓޭޝަންގެ ޓީމު މިމުބާރާތުގެ ޗެންޕިއަންކަން ހޯދާފައިވަނީ މި ނޮބެމްބަރު މަހުގެ 24 ވަނަ ދުވަހު ރޭ ތިނަދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި އެމް.އެން.ޑީ.އެފް ކާޑެއްދޫ ޓީމާ ވާދަކޮށް 3-4 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ތިނަދޫ ޕޮލިސް ސްޓޭޝަން ޓީމުގެ ޕޮލިސް ކޯޕްރަލް އިބްރާހިމް މުޙައްމަދުއެވެ.

މި މުބާރާތް ނިމުމުން އެކިވަނަތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމުތަކަށް އިނާމު ދީފައިވެއެވެ. އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ  ތިނަދޫ ޕޮލިސް ޓީމުގެ ޕޮލިސް ސްޓާފް ސާރޖަންޓް އިބްރާހިމް ނިޔާޒު އާއި ކާޑެއްދޫ އެއަރޕޯރޓް ޓީމުގެ އަހުމަދު ބިލާލު އާއި އެމް.އެން.ޑީ.އެފް ކާޑެއްދޫ ޓީމުގެ އަޙްމަދު އިނާޒުއާއި އިބްރާހިމް އަޙްމަދު ގެ އިތުރުން ޕަބްލިކް ވޯރކްސް ސަރވިސް ޓީމުގެ އިބްރާހިމް ޙުސައިނެވެ. މި މުބާރާތުގެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ތިނަދޫ ޕޮލިސް ސްޓޭޝަން ޓީމުގެ ޕޮލިސް ކޮންސްޓަބަލް އަބްދުﷲ ލަތީފްއެވެ.

ނޮވެމްބަރ 10 ން 24 އަށް ކުރިއަށް ގެންދިޔަ މި މުބާރާތަކީ ތިނަދޫގައި ހުރި ސަރުކާރު މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އެކުވެރިކަން އާލާކުރުމުގެ މަޤުސަދުގައި ޒުވާނުން މަރުކަޒުން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މި މުބާރާތުގައި 14 ޓީމަކުން ބައިވެރިވެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ