އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 55 ސިކުންތު
އަންނަ އަހަރު ގްރޭޑް 6 ގައި ބޭނުންކުރާ ޓެކްސްޓް ފޮތެއްގައި "ނޯބަލް" ޕްރައިޒް ގެ ފޮޓޯ ހިމަނައިފިއެވެ. އެ އެ ފޮޓޯއިން ފެންނަނީ ޢައުރަ ނިވާ ނުކޮށް ބަރަހަނާއަށް ތިބި 2 ފިރިހެނުންނެވެ.
ބަރަހަނާ ދައްކައިދޭ އެއްވެސް ތަޞްވީރެއް މުސްލިމުންނަކަށް "ނޯބަލް" އެއް ނޫނެވެ. އެހެންކަމަށްވާއިރު ދުނިޔޭގެ ކިތަންމެ ގިނަ ބައަކު އެއަށް އިޙްތިރާމްކޮށް ޤަދަރު ކުރިނަމަވެސް މުސްލިމުން އެއަށް އިޙްތިރާމްކުރާކަށް ނުޖެހެއެވެ.
ސުވާލަކީ އެފަދަ ތަޞްވީރުތަކުގެ ފޮޓޯ ދަރިވަރުންގެ ޓެކްސްޓްފޮތުގައި ޝާއިޢުކޮށް ދަރިވަރުންނަށް އިޝްތިހާރުކުރަން ޖެހޭ ހެއްޔެވެ؟ ބަރަހަނާކޮށް އުޅުމަށް އެކަމުން ހިތްވަރު ނުދެވޭ ހެއްޔެވެ؟ މިފަގަ ކަންކަން މިކުރަނީ ހަމަ ދޮންމީހުން ބޭނުންވާހައި ގޮތަކަށް ޓެކްސްޓްފޮތްތައްވެސް ހަދައި އެމީހުން ބޭނުންވާ ކަންކަން ކުރަން ނޫން ހެއްޔެވެ؟
މުސްލިމުންނަށް "ނޯބަލް" އީ ކީރިތި ޤުރްއާނެވެ. ކީރިތި ޤުރްއާނުގައި ވަނީ މިފަދަ ކަންކަން ނަހީ ކުރައްވަވައިފައެވެ. މިފޮތް ލިބިފައިވާ ދަރިވަރުންގެ ބެލެނިވެރިން އެ ފޮޓޯ ސެންސަރު ކުރައްވާފައި ނޫނީ ދަރިވަރުންނަށް ފޮތް ދެއްވަން ހެޔޮ ނުވާނެއެވެ!
Advertisement
26 ނޮވެމްބަރ 2019