އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތް ކުރިޔަށްދާގޮތް ނައިބު ރައީސް ބައްލަވާލައްވައިފި

ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތް ކުރިޔަށްދާގޮތް ނައިބު ރައީސް ބައްލަވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 45 ސިކުންތު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކަޅުވަކަރު މިސްކިތް އަލުންރާވާ ސަރައްޙައްދަށް ޒިޔާރަތްކުރެއްވައި މިސްކިތް ރޭވުމުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު ހަވީރު އެ ސަރަޙައްދަށް ކުރެއްވި ޒިޔާރަތުގައި މިސްކިތް ރޭވުމުގެ މަސައްކަތްކުރިޔަށްދާގޮތް ބައްލަވާލެއްވުމުގެ އިތުރުން މި މަޝްރޫޢާބެހޭ މައުލޫމާތު މި މަސައްކަތުގައި އިސްކޮށްހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކުރައްވައި ހޯއްދެވިއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހިންގަމުން އަންނަ ޤައުމީ ދާރުލްއާޘާރުގެ އިމާރާތަށް ޒިޔާރަތްކުރައްވައި އެއިމާރާތުގައި ކުރެވެމުންދާ ބައެއް މަސައްކަތްތަކާއި އިމާރާތުގެ ހާލަތު ބައްލަވާލައްވާފައެވެ. މީގެ އިތުރުން އެ އިމާރާތުގައި، ޤައުމީ އަރުޝީފު ދަށަށް ގެނެވޭ ދުވަސްވީ ލިއުންތައް ރައްކާކުރާ ތަނަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވާފައިވެއެވެ.

ކަޅުވަކަރު މިސްކިތް ހޯދައި، އަލުން އެމިސްކިތް ރޭވުމަކީ މި ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު