އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމުންގެ ލިސްޓްގައި ޑރ. ޝަހީމް 3 ވަނަ ފަހަރަށް ހިމެނިވަޑައިގެންފި

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމުންގެ ލިސްޓްގައި ޑރ. ޝަހީމް 3 ވަނަ ފަހަރަށް ހިމެނިވަޑައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 35 މިނެޓް, 1 ސިކުންތު

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމުންގެ ލިސްޓްގައި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު 3 ވަނަ ފަހަރަށް ހިމެނިވަޑައިގެންފި އެވެ. 

އުރުދުންގެ ސެންތަރ ފޮރ ސްޓްރެޖިކް ސްޓަޑީޒް އިން އެ ޝަރަފް މިއަހަރުވެސް ޑރ. ޝަހީމަށް އަރުވާފައިވާއިރު މީގެ ކުރީ 2 އަހަރުވެސް އެ ޝަރަފް ޑރ. ޝަހީމަށް އަރުވާފައިވުމުން މިއީ ޑރ. ޝަހީމް ގެ ސަބަބުން ރާއްޖޭގެ ނަމަށް ލިބިގެންދިއަ އިތުރު ދިރުމެކެވެ. 

2008 ގެ އެމްޑީޕީ ސަރުކާރުގައި އުފެއްދި އިސްލާމިކް މިނިސްޓްރިގެ ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވުމަށްފަހު ސަރުކާރުން ކުރަމުން ގެންދިއަ އިސްލާމް ދީނާއި ދެކޮޅު ކަންތައްތައްތަކަށް ފާޑު ވިދާޅުވެ ޑރ. ޝަހީމް ވަނީ މަޤާމުން އިސްތިޢުފާ ދެއްވައިފައެވެ. ޖެހިގެން އައި ޑރ. މުޙައްމަދު ވަޙީދުގެ ސަރުކާރުގައާއި ރައީސް ޔާމީނުގެ ސަރުކާރުގައިވެސް ޑރ. ޝަހީމް ވަނީ އިސްލާމިކް މިނިސްޓަރުކަން ކުރައްވައިފައެވެ. 

2015 ވަނަ އަހަރު ރައީސް ޔާމީނު، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޖަލުގައި ބަންދުކުރުމުން ޑރ. ޝަހީމް ވަނީ މަޤާމުން އިސްތިއުފާ ދެއްވައިފައެވެ. ކުޑަ ދުވަސްކޮޅަކަށްފަހު ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަމާއި ހަވާލުވެވަޑައިގެންނެވިއެވެ. އެއިގެ ކުޑަދުވަސްކޮޅެއް ފަހުން އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރުކަން ލިބިވަޑައިގެންނެވިއެވެ. މަޤާމުން އިސްތިޢުފާ ދެއްވީ ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް އައުމުންނެވެ. 

ޑރ. ޝަހީމް ވަނީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ އާއި އިސްލާމީ ޔުނިވަރސިޓީ ތަރައްޤީ ކުރެއްވުމުގައި އެންމެ އިސް ދައުރު އަދާކުރައްވައިފައެވެ. މީގެ އިތުރުން ޒަކާތު ފަންޑު ކުރިއެރުވުމާއި ވަޤްފް ފަންޑު އުފެއްދެވުމާއި ޜާއްޖޭގެ ފަހުގެ ތާރީޚުގައި ބިނާކުރެވުނު ވަޤްފް ބިނާ "ދާރުލްއީމާން ބިނާ ކުރެއްވުމުގައި ޑރ. ޝަހީމް ވަނީ އެންމެ އިސް ދައުރު އަދާކުރައްވައިފައެވެ.

ޑރ. ޝަހީމް އަކީ ޙާފިޛްއެކެވެ. އިސްލާމް ދީނަށް ޚިދުމަތްކުރެއްވުމުގައި ވެސް ނަމޫނާ ޝަޚްޞިއްޔަތެކެވެ. އެގޮތުން ޑރ. ޝަހީމްގެ ޚުޠުބާ ވިދާޅުވުމާއި އިމާމްވެ ދަމުނަމާދުކުރެއްވުމަކީ ދިވެހިންގެ ހިތްތަކާއި ގުޅިފައިވާ ކަމެކެވެ. އަދި ރެކޯޑް ކުރެއްވި ޢައްމާ ފޮތަށް ވަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބިފައެވެ.

ޑރ. ޝަހީމް މިއަހަރުން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވަނީ އޯއައިސީގެ ސެކެޓްރީ ޖެނެރަލްގެ ސްޕެޝަލް އެޑްވައިޒަރެއްގެ މަޤާމުގައެވެ. އެންމެ ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުމާއިމެދު ހޭލުންތެރި ކުރުވުމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް