އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައިއެމްއޯގެ އެސެމްބްލީގައި މިނިސްޓަރ އައިޝާ ތަގުރީރު ކުރެއްވީ ދިވެހި ބަހުން

އައިއެމްއޯގެ އެސެމްބްލީގައި މިނިސްޓަރ އައިޝާ ތަގުރީރު ކުރެއްވީ ދިވެހި ބަހުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)ގެ ޖެނެރަލް އެސެމްބްލީގައި ދިވެހި ބަހުން، ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ތަގުރީރުކުރައްވައިފިއެވެ. މިއީ އެފަދަ އެސެމްބްލީއެއްގައި ދިވެހި ބަހުން އެއްވެސް ބޭފުޅަކު ތަގުރީރުކުރެއްވި ފުރަތަމަ ފަހަރެވެ.

އެއެސެމްބްލީގައި ދިވެހި ބަހުން ތަގުރީރު ކުރައްވަމުން މިނިސްޓަރު އައިޝާ ވިދާޅުވީ ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި މެރިޓައިމް ދާއިރާއަށް ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ތަރައްގީގެ މިސްރާބު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ދާދިފަހުން އިއުލާނުކުރެއްވި 'ސްޓްރެޓިޖިކް އެކްޝަން ޕްލޭން' ގައި ވަރަށް ސާފުކޮށް ބަޔާން ކުރައްވާފައިވޭ. މި ޕްލޭނަކީ ކުރިއަށް އޮތް ފަސް އަހަރަށް ތަރައްގީއަށް އިސްކަންދޭނެ ކަންތައްތަކާއި، އިސްކަންދޭނެ ގޮތުގެ މައި ނާރެސް" ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވިއެވެ.

މެރިޓައިމް ދާއިރާއާ ގުޅުންހުރި ތަންފީޒީ އޮނިގަނޑުތައް ހަރުދަނާ ކުރުމަކީވެސް ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށާއި އަދި ސަރުކާރުގެ އަމާޒަކީ، ކަނޑު ދަތުރުފަތުރުގެ ދާއިރާގެ ރައްކާތެރިކަމާއި އެ ދާއިރާގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި ގުޅޭ ގަވާއިދުތައް އިތުރަށް ހަރުދަނާ ކުރުން ކަމަށްވެސް މިނިސްޓަރ އައިޝާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ