އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަންޑާރަނައިބުގެ ލަފައާއެކު ގަވައިދު އުވާލީ އިސްލާހު ކުރަން: ޓްރާންސްޕޯޓް މިނިސްޓަރ

ބަންޑާރަނައިބުގެ ލަފައާއެކު ގަވައިދު އުވާލީ އިސްލާހު ކުރަން: ޓްރާންސްޕޯޓް މިނިސްޓަރ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

ޝިޕިން އޭޖެންޓުން ރެގިޔުލޭޓު ކުރުމާ ގުޅޭ ގަވައިދު އުވާލީ ބަންޑާރަނައިބު އޮފީހުން ދިން ލަފަޔާ އެކު އެ ގަވައިދު އިސްލާހު ކުރަން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަހުލާ މިހެން ވިދާޅުވެފައިވަނީ މި ގަވައިދު އުވާލައްވާފައި ވަނީ މިނިސްޓަރު އަމިއްލަފުޅަށް މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނާޖައިޒުފައިދާއެއް ހޯދައިދިނުމަށް ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ އެއް ހުށަހަޅައިފައި ވަނޮކޮށެވެ. 

މިނިސްޓަރު ނަހުލާ މިއަދު މީޑިއާތަކަށް ފޮނުވި މެސެޖްގައި ވިދާޅުވެފައިވަނީ "ގަވާއިދުގައި ގާނޫނީ މައްސަލަތަކެއް ހުރުމުން އެކަން ބޯޑުގެ ސަމާލުކަމަށް ގެނެސް ގަވާއިދު އިސްލާހުކޮށް އެކުލަވާލަން ދެތިން ފަހަރެއްގެ މަތިން ވާނީ އަންގާފައި. އަދި ބޯޑުން ބޭނުންވީ ގަވައިދު އިސްލާހު ކުރުން ތަންފީޒުނުކޮށް މަޑުޖައްސާލާފައި ބޭއްވުމަށް ނަމަވެސް ބަންޑާރަ ނައިބުގެ ލަފަޔަކަށްވީ ގެޒެޓްކޮށްފައިވާ ގަވައިދެއް މަޑުޖައްސާލާފައި ނުބޭއްވޭނެ ކަމަށް،" ކަމަށެވެ.

ޝިޕިން އޭޖެންޓުން ރެގިޔުލޭޓު ކުރުމާ ގުޅޭ ގަވައިދު އުވާލީ ގަވައިދު ހެދިތާ ދެ މަސް ފަހުން މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. 

މިކަމާ ގުޅިގެން އޭސީސީ އަށް ވަނީ 70 ވިޔަފާރިވެރިން ބައިވެރިވެގެން ޕެޓިޝަނެއް ވެސް ލާފަ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު