އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރުޅިއަރުވަން އަދި ދެރަކޮށްލަން ބަހެއް ބުނާ ކޮންމެ މީހަކަށް ޝުކުރިއްޔާއެއް ދިން މީހެއްގެ ވާހަކަ!

ރުޅިއަރުވަން އަދި ދެރަކޮށްލަން ބަހެއް ބުނާ ކޮންމެ މީހަކަށް ޝުކުރިއްޔާއެއް ދިން މީހެއްގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 34 މިނެޓް, 5 ސިކުންތު

އޭނާ ރުޅި އެރުވުމަށާއި ދެރަކޮށްލުމުގެ ގޮތުން އެއްވެސް މީހަކު ބަހެއް ބުނެފިނަމަ އެމީހަކަށް ޝުކުރިއްޔާއެއް ހަދިޔާކުރެއެވެ. އަދި ޝުކުރިއްޔާ ހަދިޔާކުރަނީވެސް ހިނިތުންވުމާއިއެކުގައެވެ.

އެހެންވެ އޭނާ އެގޮތަށް ކަންތައް ކުރަނީ ކީއްވެގެންތޯ އެއްދުވަހަކު މީހަކު ސުވާލުކުރުމުން ޖަވާބުގައި ބުންޏެވެ.  

"ރުޅިއަކީ ޝައިޠާނާގެ ކިބައިން އަންނަ ކަމެކެވެ. ރުޅި އައުމުން ޝައިޠާނާ އުފާވާނެއެވެ. ރުޅި ނައުމުން ޝައިޠާނާ ވަރަށް ދެރަވާނެއެވެ. ވީމާ އަހަރެން ބޭނުންވަނީ އަބަދުވެސް ޝައިޠާނާ މާޔޫސްކޮށްލައި ދެރަކޮށްލާފައި ބަހައްޓާށެވެ.  

ދެން އޮތީ މީހުން އަހަރެން ދެރަކޮށްލަން ދައްކާ ވާހަކައެވެ. މީހަކު އެއްޗެކޭ ކިޔުމަކީ އަހަރެންނާއި ކޮން ބެހޭ ކަމެއް ހެއްޔެވެ؟ އަހަރެން މޮޅުކޮށް ދެރަކުރަން އެމީހަކަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟ އަހަރެން ކަންކަން ކުރަނީ ވަރަށް ވިސްނައިގެންނެވެ. ވީހައި ރަނގަޅަކަށެވެ. އަހަރެން ކުރާ އަމަލު މިނެކިރަން އެއްވެސް މީހަކީ ކާކު ހެއްޔެވެ؟ އަހަރެން ކުރާ ޢަމަލުތައް ބަރާބަރަށް ލިޔުއްވަވަތެވެ. އަހަރެންގެ ޢަމަލުތައް މިނެ ކިރުއްވަވާނީ ﷲ ތަޢާލާއެވެ. 

މިވިސްނުމުގައި ހުންނާތީ މީހަކު ބުނާ އެފަދަ އެއްވެސް ބަހަކާއިމެދު އަހަރެން ނުވެސް ވިސްނަމެވެ. ވީމާ ސިކުނޑިއަށް އެއްވެސް ބުރަކަމެއް ނުލިބެއެވެ."

- ޢިބްރަތްތެރި ވާހަކަ   

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް