އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިލަންދޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

މިލަންދޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ށ. މިލަންދޫ ރައްޔިތުންނަށް އަމާޒުކޮށްގެން، ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު ޢަލީ ރިޟާގެ އިސްނެންގެވުމުގެ މަތިން މިލަންދޫ ޕޮލިސް ސްޓޭޝަނާއި، ސިއްހީ މަރުކަޒާއި، އަންހެނުންގެ ކޮމިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ހިނގާ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިލަންދޫ ދާއިރާގެ ކައުންސިލު މެމްބަރު ސައުދުﷲ އުސްމާނެވެ.

ފާއިތުވި ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކަސްރަތު ޕްރޮގްރާމްގައި، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކާނާ ބޭނުންކުރުމާއި ކަސްރަތު ކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ކެއިންބުއިމުގެ އާދަތައް ބައްޓަން ކުރާނެ ގޮތްތައް ބުނެދީ ކަސްރަތު ކުރުމުގައި އަމަލުކުރާނެ އެންމެ ރަނގަޅު ގޮތްތަކާއި އުސޫލުތައް ބުނެދީފައިވެއެވެ. އަދި މޫދުގައާއި ގޭތެރޭގައި ކުރެވިދާނެ ރަނގަޅު ކަސްރަތުތައް ދަސްކޮށްދީ ކަސްރަތު ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން މި ޕްރޮގްރާމުގެ ތެރެއިން ބެލެނިވެރިކަމުގެ ހުނަރުތަކާއި ދަރިން ތަރުބިއްޔަތުކުރާނެ ރަނގަޅު ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ކުށުގެވެށިން ކުދިން ދުރުހެލިކޮށް ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމާއި އުމުރުފުރައާ ގުޅިގެން ކުދިންގެ އުޅުމަށާއި މިޒާޖަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

އަދި އެންމެން ގުޅިގެން އެއްބައެއްގެ ގޮތުގައި މަސައްކަތްކުރުމާއި ގުޅުން ބަދަހި ކުރުވުމަށް ޓީމްބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިކަސްރަތު ޕްރޮގްރާމަކީ މިލަންދޫގެ ރައްޔިތުން ހޭލުންތެރި ކުރުވައި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބޭ ބަޔަކަށް ހެދުމަށާއި، އިޖުތިމާއީ ގުޅުންތައް މިހާރަށް ވުރެ ވަރުގަދަކުރުމާއި، ރަށުގައި ހުރި މައްސަލަތައް ދެނެގަނެ އެ މައްސަލަތައް ހައްލުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމާއި މިހާރަށްވުރެ ގުޅުންތައް ރަނގަޅުކޮށް ހަރުދަނާ ކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ކަސްރަތު ޕްރޮގްރާމުގައި 98 ފަރާތަކުން ބައިވެރިވެ 42 ބައިވެރިޔަކު ކަނޑައަޅާފައިވާ މިންގަނޑަށް ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ