އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމް ދީން މަތިވެރިކުރުން ނޫން ނިޔަތެއްގައި ޢިލްމް އުނގެނުމަކީ ސުވަރުގޭގެ ވަސްވެސް ނުފެނިދާނެ ކަމެއް!؛ ޙަދީޘް

އިސްލާމް ދީން މަތިވެރިކުރުން ނޫން ނިޔަތެއްގައި ޢިލްމް އުނގެނުމަކީ ސުވަރުގޭގެ ވަސްވެސް ނުފެނިދާނެ ކަމެއް!؛ ޙަދީޘް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

އިސްލާމް ދީން މަތިވެރިކުރުން ނޫން ނިޔަތެއްގައި ޢިލްމް އުނގެނުމަކީ ވަރަށް ނުރައްކައުތެރި ކަމެކެވެ. ދުނިޔޭގެ އެދުމުގައި ޢިލްމު ޙާޞިލުކުރި މިހާއަށް ސުވަރުގޭގެ ވަސްވެސް ނުފެނިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

މީގެ މާނައަކީ އުނގެންނެން ޖެހޭނީ ހަމައެކަނި އިސްލާމް ދީނުގެ ޢިލްމުކަމުގައި ބެލުމެއް ނޫނެވެ. އިސްލާމް ދީން އުނގެނި އަދި އުނގަންނައި ދިނުމަކީ އެންމެ މަތި އެއް ޢަމަލެވެ. ނަމަވެސް އިސްލާމް ދީން ހުއްދަކުރާ ތަފާތު ޢިލްމުތައް އުނގެނުމަށް އިސްލާމް ދީން ބާރުއަޅައެވެ.

ކޮންމެ ދާއިރާއަކުން ޢިލްމު ޙާޞިލުކުރި ނަމަވެސް ޢަޒުމަކަށް ހަދަންވީ އިސްލާމް ދީން މަތިވެރިކުރުމެވެ. ޢިލްމު ހޯދަން މަސައްކަތްކުރުމުން ޢިލްމު ދެއްވަވަނީ ﷲ ތަޢާލާއެވެ. ވީމާ ޙާޞިލުކުރާ ޢިލްމުން އިސްލާމް ދީން މަތިވެރިކުރަން މސައްކަތްކުރަންވާނެއެވެ.

މިހެން ބުނުމުން އިންޖިނޭރުކަން ނުވަތަ ޕައިލެޓްކަން ކިޔަވައިގެން އިސްލާމް ދީނަށް ޚިދުމަތް ކުރާނީ ކިހިނަކުންތޯ ސުވާލުކޮށްފާނެއެވެ. ފުރަތަމަ ކަމަކީ ކޮންމެ ޢިލްމެއް ޙާޞިލުކުރި ނަމަވެސް ތިމާއަކީ އިސްލާމް ދީނުގައި ސާބިތުވެހުރެ އިސްލާމް ދީނަށް ޢަމަލުކުރާ މީހަކު ކަމުގައި ވުމެވެ. ދެވަނަ ކަމަކީ ލިބޭ އާމްދަނީން އިސްލާމް ދީން މަތިވެރިކުރަން ހޭދަ ކުރުމެވެ.

Prophet Muhammad (ﷺ) said, "He who does not acquire knowledge with the sole intention of seeking the Pleasure of Allah but for worldly gain, will not smell the fragrance of Jannah on the Day of Resurrection." Abu Dawud, Book 13, Hadith 1391 އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް