އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނޮވެންބަރު މަހު މީރާއިން އެކެއް. 15 ބިލިއަން ރުފިޔާ ބަލައިގަންފި

ނޮވެންބަރު މަހު މީރާއިން އެކެއް. 15 ބިލިއަން ރުފިޔާ ބަލައިގަންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

ނިމިގެންދިއަ ނޮވެންބަރު މަހު މީރާއަށް 1.15 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ.

 

މި އަދަދަކީ ވޭތުވެދިއަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %17.7 އިތުރު އަދަދެކެވެ. އަދި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %33.5 އިތުރު އަދަދެކެވެ.

 

ނޮވެންބަރު 2019 ގައި ލިބިފައިވާ ޖުމްލަ އާމްދަނީ ކުރީ އަހަރުގެ ނޮވެންބަރު މަހު ލިބުނު އާމްދަނީއަށްވުރެ އިތުރު ވެފައިވާ ސަބަބަކީ ނޮވެންބަރު 2019 ގައި ޓީ.ޖީ.އެސް.ޓީ، އެއަރޕޯޓް ސަރވިސް ޗާޖް، ގްރީން ޓެކްސް އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމެވެ.

 

ނޮވެންބަރު 2019 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %56.6 ނުވަތަ 651.68 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައެވެ. އެއީ %13.3 ނުވަތަ 153.6 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 73.15 މިލިއަން ރުފިޔާ (6.4%)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 60.17 މިލިއަން ރުފިޔާ (5.2%)، އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 59.73 މިލިއަން ރުފިޔާ (5.2%) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 152.40 މިލިއަން ރުފިޔާ (13.2%) ހިމެނެއެވެ.

 

ނޮވެންބަރު 2019 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 51.6 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާއިން ބުނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް