އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤާސިމްގެ ޤާޠިލުން މިހާރު ފުލުހުންނަށް އެނގޭނެ!

ޤާސިމްގެ ޤާޠިލުން މިހާރު ފުލުހުންނަށް އެނގޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 34 މިނެޓް, 6 ސިކުންތު

މިމަހުގެ 4 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރައިލި ޤާސިމް ޙަސަންގެ ޤާޠިލުން ފުލުހުންނަށް މިހާރު އެނގޭނެ ކަމަށް ޤަބޫލުކުރެވެއެވެ. އެގޮތަށް ޤަބޫލުކުރެވިފައިވަނީ އެކަން ކުރި މީހުންގެ ފިންގަރ ޕްރިންޓް ލިބިފައިވުމުންނެވެ.

ރާއްޖޭގައި މިބާވަތުގެ ޖަރީމާތައް ހިންގަނީ މާގިނަ ބައެއް ނޫނެވެ. އެ އެންމެންގެވެސް ފިންގަރޕްރިންޓް ފުލުހުންގެ އަތުގައި ހުންނާނެއެވެ. ކޮންމެވެސް މައްސަލައެއްގައި އެތައް ފަހަރަކު ފުލުހުންގެ މަރުކަޒަށް ހާޒިރު ކުރެވި ފިންގރ ޕްރިންޓް ނުނެގޭ ހަމަ އެކަކު ވެސް އެމީހުންގެ ތެރޭގައި ހުރުމަކީ ވަރަށް ނާދިރު ކަމެކެވެ. 

ފުލުހުން މިއަދު އެދިން މެސެޖަކީ އެކަން ކުރި މީހުން ދެނެގަނެވިއްޖެ ކަމާއި އަތުލައިގަންނާނެ ކަމުގެ މެސެޖް ކަމަށް ބެލެވެއެވެ. މިހާރަށްވުރެ ވަސީލަތްތައް މާ މަދު އިރުވެސް ފުލުހުން ވަނީ މިފަދަ ކަންކަމުގެ ޙަޤީޤޢަތް ދެނެގެންފައެވެ. 

ފުލުހުންނަށް ހުރަސްތަކެއް އެބަހުއްޓެވެ. އެއީ ފުލުހުންގެ ޤާނޫނު ފާސްކުރިއިރު ސިޔާސީ މީހުންގެ ތަޙްޤީޤް ވީއައިޕީ ފެންވަރުގައި ކުރުން ލާޒިމުކުރުމަށްޓަކައި ފުލުހުންގެ އަތްފައި ކަސްތޮޅު އެޅޭނެ ގޮތަށް ޤާނޫނު ފާސްކޮށްފައި އޮތުމުންނެވެ. ތުހުމަތު ކުރެވޭ ހެޔޮ ހިތުން ރުހުމުގައި އެއްބަސް ނުވާނަމަ ތަޙްޤީޤް ކުރިއަށް ގެންދަން ކުރެވޭނެ މާބޮޑުކަމެއް މިހާރު ފުލުހުންނަށް ނެތުމުންނެވެ.

ރިލްވާން އަތުލައިގަނެގެން އުފުލި ކާރުގެ ޑިކީން ހެކި ލިބުމުންވެސް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވަނީ މި ދެންނެވި ފަދަ ހުރަސްތައް ފުލުހުންނަށް ހުރުމުންކަން ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް