އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުކުރު ހަދިޔާ!: ދުޢާކުރާއިރު އެންމެ ގިނަ ފައިދާ ލިބޭނެ ގޮތަށް ދުޢާކުރާށެވެ!

ހުކުރު ހަދިޔާ!: ދުޢާކުރާއިރު އެންމެ ގިނަ ފައިދާ ލިބޭނެ ގޮތަށް ދުޢާކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 32 ސިކުންތު

އަނެއްކާވެސް މިއަދަކީ ބަރަކާތްތެރި ހުކުރު ދުވަހެކެވެ! ގިނަގިނައިން ޛިކުރްކޮށް ދުޢާކުރުމުގެ ދުވަހެކެވެ. ވީމާ ދުޢާކުރާއިރު އެންމެ ގިނަ ސަވާބު ލިބޭނެ ގޮތަށް ދުޢާކުރާށެވެ! އެގޮތަށް ދުޢާ ކުރުމުން ﷲ ތަޢާލާ ތިބާއަށްޓަކައި އިތުރުކޮށްދެއްވަވާނެ މިންވަރާއިމެދު ވިސްނަންވެސް ނުއެނގޭނެތެވެ!

މިސާލަކަށް މިފަދައިން ދުޢާކުރާށެވެ!

"ޔާ ﷲ! މިއަޅާއަށް މިއަދުވެސް މާދަމާވެސް އަދި ހުރިހައި ދުވަހަކުވެސް އިނބަ ﷲ ﷲ ގެ އޯގާތެރިވަންތަކަމާއި މަދަދާއި ރަޙްމަތަށް އިންތިހާއަށް ބޭނުންވެއެވެ! މިއަޅާގެ ޙާޖަތްތައް ފުއްދަވައި ދެއްވަވާނދޭވެ!

ޔާ ﷲ! މިއަޅާގެ ފާތައް ފުއްސަވައި ދެއްވަވާނދޭވެ! މިއަޅާގެ މައިންބަފައިންނާއި ގާތް ތިމާގެ އެންމެންގެ ފާފަތައްވެސް ފުއްސަވައި ދެއްވަވާނދޭވެ!

ޔާ ﷲ! މަރުވެ ގޮސްފައިވާ އެންމެންނަށާއި ދިރިތިބި އެންމެނަށް ހެޔޮ ރަޙްމަތް ލައްވަވާނދޭވެ! އެބައިމީހުންގެ ފާތައް ފުއްސަވައި ދެއްވަވާނދޭވެ! ދުނިޔޭގައި ތިބި އިނބަ ﷲ އަށް އަދި އީމާން ނުވާ އެންމެންނަސް ތެދުމަގު ދައްކަވައި ދެއްވަވާނދޭވެ!"

މި ދުޢާއަށް ބަލައިފިނަމަ މަރުވެ ގޮސްފައިވާ އެންމެންނަށާއި ދުނިޔޭގައި ތިބި އެންމެންނަށް އެވަނީ ދުޢާ ކުރެވިފައެވެ. މިވަގުތު ދުނިޔޭގައި ތިބިކަމަށް ބުނެވެނީ 1.8 ބިލިއަން މުސްލިމުންނެވެ! ދުނިޔެ ފެށުނީންސުރެ މިހައިތަނަށް މަރުވެ ގޮސްފައި ވަނީ ކިތައް ބިލިއަން، ޓްރިލިއަން މުސްލިމުންކަން އެނގޭނީ ވެސް ކިހިނަކުން ހެއްޔެވެ؟ އެކަން މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާ އެވެ.

 

ދެން މިޙަދީޘްފުޅަށް ވިސްނައިލާށެވެ!

If the Muslim intends to offer supplication for a particular person, then offers supplication for the Muslims in general, there is the hope that his supplication will benefit all of them.

Abu Daawood (3201) narrated that Abu Hurayrah said: The Messenger of Allah (blessings and peace of Allah be upon him) offered the funeral prayer and said: “O Allah, forgive our living and our dead, our young and our old, our male and our female, our present and our absent ones. O Allah, whomever You give life among us, cause him to live as a believer and whomever You cause to die among us, cause him to die in Islam. O Allah, do not deprive us of his reward and do not cause us to go astray after that. Classed as saheeh by al-Albaani in Ahkaam al-Janaa’iz (1/124). Al-Qaari (may Allah have mercy on him) said:

At-Teebi said: What is meant by the four pairs [in the hadith quoted above] is to include everyone; it is not be interpreted as being only for these four pairs. It is as if he is saying: O Allah, forgive the Muslim men and women, all of them.

End quote from Mirqaat al-Mafaateeh (3/1208).

މީހަކަށްޓަކައި ނުވަތަ ބައަކަށްޓަކައި ހެޔޮ ދުޢާކޮށްފިނަމަ އެދުޢާގައި ހިމެނުނު އެންމެންގެމަތިން އެކަމުގެ ސަވާބު ދުޢާކުރި މީހަކަށް ﷲ ތޢާލާ ދެއްވަވާނެތެވެ! އިން ޝާ ﷲ! ވީމާ މި ދަރުސްގައި ބަޔާން މިކުރި ފަދައިން އެންމެންނަށްޓަކައި ހެޔޮ ދުޢާކުރާ މީހަކަށް ދެއްވަވާނެ ސަވާބުގެ ގިނަކަމާއިމެދު ވިސްނަން ވެސް އެނގޭނީ ކޮން އިންސާނަކަށް ހެއްޔެވެ؟

(މި ދަރުސްގައި "އެންމެން" މިމާނަކުރަނީ ހުރިހާ މުސްލިމުންނަށެވެ. ކާފިރުންނަށްޓަކައި ދުޢާކޮށްފައި އެވަނީ ދިރި ތިބި، އީމާން ނުވާ އެންމެންނަށް ތެދުމަގު ދައްކަވައި ދެއްވެވުން އެދިއެވެ.)

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް