އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޑީއެން އުވާލަން ނިންމިތާ "ހުކުރު ހަމަވެއްޖެ!"

އެމްޑީއެން އުވާލަން ނިންމިތާ "ހުކުރު ހަމަވެއްޖެ!"


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 33 މިނެޓް, 53 ސިކުންތު

ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރަމުން އަންނަ އެމްޑީއެން އުވާލަން ނިންމައި ޤާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކުރަން 45 ދުވަހުގެ ނޯޓިސް ދިންތާ "ހުކުރު ހަމަވެއްޖެ" އެވެ. (ދިވެހިން ހުކުރު ހަމަވުން ކިޔައި އުޅެނީ 40 ހަމަވުމަށެވެ.)

މިއަދަކީ ނޯޓިސް ދިންތާ 40 ވަނަ ދުވަހެވެ. ޢިލްމުވެރިންގެ ގުޅުމުން ކޮންމެ ދުވަހަކުވެސް ގެންދަވަނީ ފާއިތުވާ ދުވަސްތައް ފާހަގަކުރައްވަމުންނެވެ.  

އެމްޑީއެން އުވާލަން ޔޫތް މިނިސްޓްރީން ނިންމީ އިސްލާމް ދީން ނައްތައިލަން މަސައްކަތްކުރާ ބޭރުގެ ޖަމާޢަތަކުން ފައިސާ ހޯދައިގެން ނެރުނު ރިޕޯޓުގައި ﷲ ތަޢާލާ އަށާއި ރަސޫލް (ޞޢވ) އަށް ބަދުބަސް ބުނުމުގެ އިތުރުން ކީރިތި ޤުރްއާނަށް އިންކާރުކުރުންފަދަ ބޮޑެތި މައްސަލަތަކެއް އެބަހުރިކަން ދީނީ ޢިލްމުވެރިން މެދުވެރިކޮށް ފުލުހުން ކުރި ތަޙްޤީޤަށް ސާބިތުވެ އެކަން ޔޫތްމިނިސްޓްރީއަށް އެންގުމުންނެވެ. 

އަބަދުވެސް އެމްޑީއެން ދިފާއުކޮށްދެއްވަމުން ގެންދަވާ ރައީސް ނަޝީދު މިހާރުވެސް ގެންދަވަނީ އެ ޖަމިއްޔާ އުވާލުމަށް ދެކޮޅު ހައްދަވަމުންނެވެ. ދީނީ ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ޖަމިއްޔަތުއްސަލަފާއި އެއްވެސް ގުޅުމެއް ނެތް ކަމެއްގައި ސަލަފާއި ގުޅުވައިގެން މަރުކޮމިޝަނުގެ ރިޕޯޓުގައި ދޮގުވާހަކަތަކެއް ލިޔުނީވެސް އެމްޑީއެން އުވާލަން ބަހަނާއަށް ކަމަށެވެ. އެމްޑީއެން އާއި ސަލަފާއި އެއްގޮތްކަން ދައްކުވަން ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް