އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޑީއެން ރިޕޯޓު ނެރުމުގަ ބައިވެރިވި ހުރިހާ ޚާއިނުންނަށް ފިޔަވަޅު އެޅުމަށް ޢިލްމުވެރިންގެ ގުޅުމުން ގޮވާލައްވައިފި

އެމްޑީއެން ރިޕޯޓު ނެރުމުގަ ބައިވެރިވި ހުރިހާ ޚާއިނުންނަށް ފިޔަވަޅު އެޅުމަށް ޢިލްމުވެރިންގެ ގުޅުމުން ގޮވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 26 ސިކުންތު

އިސްލާމް ދީނާއި ދިވެހި ރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް ނެރުނު އެމް.ޑީ.އެންގެ މިޢުދުވާނީ ރިޕޯޓު ލިޔެ ޢާންމު ކުރުމަށް ފަހު، ބޭރު ކަރަކަރައަށް ފިލަފިލައިގެން ގޮސް ތިބި މީހުންނާއި، އެކިއެކި މަޤާމުތަކުގައި ތިބެ ރައްޔިތުންގެ ބައިތުލްމާލުން މުސާރަ ނަގަމުންދާ އެންމެހާ ޚާއިނުން ޢަދުލު އިންސާފުގެ ކުރިމައްޗަށް ގެނެސް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ކަމާއި ބެހޭ އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފިއެވެ.

މިކަމަށް އިލްތިމާސްކޮށްފައިވަނީ އެމްޑީއެން އުވާލުމާއި ގުޅިގެން އިލްމުވެރިންގެ ގުޅުމުގެ ފަރާތުން މިއަދަދު ނެރުނު ނޫސްބަޔާނެއްގައެވެ.

       

ބަޔާނުގައި ބުނެފައިވަނީ ތަފާތު ތަޢައްޞުބީ ސިޔާސީ ފިކުރުތަކާއި ޕާޓީ ފިކުރުތަކާއި ކުލަބު ޖަމްޢިއްޔާ ފިކުރުތައް ފަދަ ބައިބައިކުރަނިވި ވިސްނުންތަކަށް ފުރަގަސް ދިނުމަށް ފަހު، އަޅުގަނޑުމެންގެ ތެރެއިން އެންމެ ފަހު މީހާއާ ޖެހެންދެން، އިސްލާމީ އުޞޫލުތަކާއި ރާއްޖޭގެ ޤާނޫނުތަކުގެ އިންތަކުގެ ތެރެއިން މި މަސައްކަތުގައި ފަސްނުޖެހި ޘާބިތުކަން މަތީގައި ކުރިއަށް ދިއުމަށްވެސް ގޮވާލާ ކަމަށެވެ. 

ޢިލްމުވެރިންގެ ގުޅުމުން ޢާންމުކޮށްފައިވާ ބަޔާނުން: 

ދިވެހި ތާރީޚުގެ ތެރެއަށް މިފަހުން ވަދެގެން މިދިއައީ، މާތްވެގެންވާ އިސްލާމް ދީނާ ދެކޮޅަށް ހައްދުފަހަނަ އަޅާފައިވާ ޢުދުވާނީ ރިޕޯޓު ނެރި ޢާންމު ކުރި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވާރކް (އެމް.ޑީ.އެން) އަށާއި އެކަމުގައި ބައިވެރިވި ފަރާތްތަކަށް އަދަބު ދިނުމަށް އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުން ތެދުވެ ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުން ، ކަމާ ބެހޭ ފަރާތްތަކުން އެޖަމްޢިއްޔާ އުވާލައި، ވޭތުވެދިއަ ނުވަ ވަރަކަށް ޤަރުނުން ސުރެ ދިވެހިންގެ ކާބަފައިން، އަދުގެ ދިވެހި ޖީލުތަކާ ހަމައަށް ނުހަނު އަމާނާތްތެރި ކަމާއެކު ވާރުތަކުރައްވާފައިވާ އެންމެ އަގުހުރި ތަރިކަ ހަމަ އެމޭރުމުން ދެން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ދިރިތިބީންގެ ކޮނޑުގައި އެޅިފައިވާ ވާޖިބު ތެދުވެރިކަމާއިއެކު އަދާކުރަމުންދާކަމުގެ އަލިގަދަ ހެކި ފާޅުވެގެން ދިއަ ނިޢުމަތްތެރި ދުވަސްތަކެކެވެ. 

ހަމަކަށަވަރުން ވެސް  އެއީ، މި އިސްލާމީ ދިވެހި ދަވްލަތުގެ ތާރީޚުގައި ދޭތެރެ ދޭތެރެއިން ފާޅުވާ ނުބައި އަނިޔާވެރި ހައްދުފަހަނަ އަޅާފައިވާ ޣައްދާރުންގެ މަކަރުވެރި ސައްލާތަކާއި ރޭވުންތުގެ ކުރިމަތީގައި، އިސްލާމް ދީން ޙިމާޔަތް ކުރުމަށް އަދިއަދަށް ދާންދެންވެސް އަތުކުރިއޮޅައިގެން ހުށިޔާރުކަމާއެކު ދިވެހި ލޮބުވެތި ރައްޔިތުން ތިބިކަން ހާމަކޮށްދިން ނުހަނު މަތިވެރި ވަގުތުތަކެކެވެ. 

ދިވެހި ރާއްޖޭގެ އެންމެހާ އަޞްލަކާއި އަސާސްތައް ގުޅިލާމެހިފައިވާ އިސްލާމް ދީނަށް، ޓެރަރިސްޓުންތަކެއް ދިން ޚުޠޫރަތްތެރި ވިހަ ގަދަ ފިކުރީ ޙަމަލާ ކަމުގައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯރކްގެ ރިޕޯޓު ލިޔެ ތައްޔާރުކޮށް، ޢާންމު ކުރުމަށް ވާގިވެރިވެ، އަދި އެކަމަށް ތާޢީދުކޮށް، ނުވަތަ ދިފާޢުކުރި މީސްމީހުންގެ ވާހަކައަކީ، ދިވެހި ތާރީޚުގައި ނުހަނު ކަޅުއަނދިރި އަކުރުން ކަނޑައިނެގޭނެ ވާހަކައެއް ކަމާމެދު ކުޑަކޮށްވެސް ޝައްކެއް ނެތެވެ. 

މި ޢުދުވާންނާއި ދެކޮޅަށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުން ކެތްތެރިކަންމަތީ ކުރެއްވި ޖިހާދުގައި، ކުރިމަތިވި ގޮންޖެހުންތަކާއި ގިރާކުރަން ޖެހުނު ހުރަސްތަކަށް ރާއްޖޭގެ އެންމެހާ ދީނީ ޢިލްމުވެރިން ކުރިމަތިލެއްވި ޙިކުމަތްތެރި ވިސްނުންތެރި އުޞްލޫބަކީ އެބޭފުޅުންގެ ސާދާކަމާއި ސީދާކަން ދައްކުވައިދިން ނުހަނު އަލިގަދަ ހެއްކެކެވެ. އަދި އެއީ ހައްދުފަހަނައަޅާފައިވާ އެމް.ޑީ.އެން ފިކުރުގެ މީހުން، އެއްވެސް އަޞްލެއް، އަސާސެއް، ޙަޤީޤަތެއް ނެތި ދީނީ ޢިލްމުވެރިންގެ އިސްތަށިފުޅުގައި އަޅުވަން މަސައްކަތްކޮށްފައިވާ ދޮގު އިލްޒާމުތަކުގެ ބާޠިލުކަން އެންމެހާ މީސްތަކުންނަށް ޘާބިތުކޮށްދިން ޙާދިޘާއެކެވެ. އަދި ދީނީ  ޢިލްމުވެރިންނަކީ އެއްވެސް އިރެއްގައި އަނިޔާވެރިކަމަށް ގޮވައި، މީސްތަކުންގެ ޙައްޤުތަކަށް ގެއްލުންދިނުން ފަދަ އެއްވެސް ބާވަތެއްގެ ނިރުބަވެރިކަމަކަށް ގޮވާލާ ބައެއް ނޫންކަން ބަޔާންކޮށްދިން ޙަޤީޤަތެކެވެ. ހަމައެއާއިއެކު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، ދިވެހި ރާއްޖޭގެ ރައްޔިތުންނަކީ ޞުލްޙަމަސަލަސް ކަމަށް އަބަދުވެސް ލޯބިކުރައްވައި، ދީނީ ޢިލްމުވެރިންގެ ނަޞޭޙަތް ހިތުގެ އެންމެ ފުންމިނުން ޤަބޫލުކުރައްވައި، އަމަންއަމާންކަން އިސްކުރައްވާ ޞުލްޙަވެރި ބައެއް ކަމުގައެވެ. އެއްވެސް ބާވަތެއްގެ ހަމަނުޖެހުމަކަށް ޖާގަ ނުދޭ ރައްޔިތުންތަކެއްގެ ގޮތުގައެވެ.

 

ޢިލްމްވެރިންގެ ގުޅުމުން ނެރުއްވި ނޫސްބަޔާން: 1، 2

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް