އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގައި ޕޮލިސް ކުލަބު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި

ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގައި ޕޮލިސް ކުލަބު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

51 ވަނަ ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގައި ޕޮލިސް ކުލަބު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފިއެވެ.

އިއްޔެ ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗު ޕޮލިސް ކުލަބުން ކާމިޔާބުުރީ އަލްމާ ސްޕޯޓްސް ކުލަބާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މިމެޗުގެ ސެޓްތައް ޕޮލިސް ކުލަބުން ކާމިޔާބުކުރީ 25-9، 25-11 އަދި 25-5 އިންނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޕޮލިސް ކުލަބުގެ ކެޕްޓަން ހައްވާ ރާޝިދާއެވެ.

ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގައި ޕޮލިސް ކުލަބުން ކުޅޭ ދެވަނަ މެޗުގައި ވާދަކުރާނީ ލޮރެންޒޯ ސްޕޯޓްސް ކުލަބާއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައެވެ.

 

ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގައި 4 ޓީމެއް ވާދަކުރެއެވެ. އެއީ ޕޮލިސް ކުލަބާއި އަލްމާ ސްޕޯޓްސް ކްލަބާއި، ކްލަބު ވެމްކޯ އަދި ލޮރެންޒޯ  ސްޕޯޓްސް ކްލަބެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ޕޮލިސް ކުލަބެވެ

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ