އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ނީނާ" ވަރުގަދަ ނަމެއް ދޯ؟ މިއީ އައިފިލްމްސްގެ ދެވަނަ ފިލްމުގެ ނަން!

"ނީނާ" ވަރުގަދަ ނަމެއް ދޯ؟ މިއީ އައިފިލްމްސްގެ ދެވަނަ ފިލްމުގެ ނަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 47 ސިކުންތު

މިއަހަރު ނިކުތް ފިލްމުތަކުގެ ތެރެއިން ގިނަ ބައެއްގެ ޝައުޤުވެރިކަން އެފިލްމަކަށް ހިބަކުރި "ބަވަތި" ފިލްމުގެ އުފެއްދުންތެރިންގެ، ދެވަނަ ފިލްމުގެ ނަން މިރޭ އިއުލާން ކޮށްފިއެވެ.

އައިފިލްމްސް ގެ ދެވަނަ ފިލްމުގެ ނަމަކީ "ނީނާ" އެވެ.

"ނީނާ" މިފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ބަވަތި ފިލްމުގައި ވެސް ލީޑުން ފެނުނު ނުޒުޙަތު ޝުއައިބު (ނުޒޫ) އެވެ. ނުޒޫ އާއެކު ހަރަކާތްތެރިވަނީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގެ ކުރީ ސަފުގައި ފިޔަޖަހަމުންދާ ޖުމައްޔިލް ނިމާލްއެވެ.

އައިފިލްމްސް އިން މައުލޫމާތު ދީފައިވާގޮތުގައި ނުޒޫ އާއި ޖުމައްޔިލްގެ އިތުރުން "ނީނާ" މިފިލްމުގައި ހަރަކާތްތެރިވާނީ ހަމްދޫން ފާރޫޤް، އަލީ ޔޫޝާއު، އަލީ އިނާޒް، މުޙައްމަދު އަލީ (މޮޑެކްސް)، ހަސަން ޝިނާން އަދި ޝަކީލާ އާދަމް އެވެ. މީގެއިތުރުން ފީޗަރ ފިލްމަކަށް އަލަށް ތައާރަފްކުރާ ތަރިންގެ ތެރޭގައި ހަސަން ސާމިޙް، އިބްރާހިމް ޝާއިފް، ނަތާޝާ ޖަލީލް އަދި ޝަރަފް އަބްދުﷲ ހިމެނެއެވެ.

ފިލްމުގެ ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) މީގެކުރިން މައުލޫމާތު ދީފައިވާ ގޮތުގައި މިފިލްމުގައި ނުޒޫގެ ތަފާތު އެކްޓިން އެއް ފެނިގެންދާނެއެވެ. ނުޒޫ މިފިލްމަށް ތައްޔާރުވުމުގެ ގޮތުން މާޝަލް އާޓްސް ދަސްކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކެއް ވެސް މީގެކުރިން ވަނީ އައިފިލްމްސް އިން ހާމަކޮށްފައެވެ. އެގޮތުން މިފިލްމުގައި މާޝަލް އާޓްސް ޓްރެއިނިން ދީފައިވަނީ ޝިން އެޓަމީ މޯލްޑިވްސް އިންނެވެ. އަދި ބޮޑީ ޓްރާންސްފޮމޭޝަން ހަދާދީފައިވަނީ ބާ ކޮންސެޕްޓް އިންނެވެ.

"ނީނާ" މިފިލްމުގެ ވެސް މޭކަޕް އާޓިސްޓަކީ ބަވަތި ގެ މޭކަޕް އާޓިސްޓް ރުތުބާ އަހްމަދު އެވެ. އެޑިޓިންގ، ވިޝުއަލްސް އަދި ޕޯސްޓް ޕްރޮޑަކްޝަން ހަދާދީފައިވަނީ އޯކޭޒް އިންކް އިންނެވެ. ކެމެރާމަނަކީ ވިސާން (ކަނޑި) އެވެ. އާސިމް އަލީ އާއި އަހްމަދު ވަހީދު ޕްރޮޑިއުސް ކުރާ މިފިލްމުގެ ސްކްރީންޕްލޭ ލިޔުނީވެސް ފިލްމުގެ ޑައިރެކްޓަރ އިއްލެ އެވެ. ހުސެއިން ތައުފީޤްގެ ރާގުތައް ހިމެނޭއިތު ފިލްމުގައި ހިމެނޭ ލަވަތަކުގެ ލިރިކްސް ލިޔެފައިވަނީ އިއްލެއާއެކު ކުޅަދާނަ ލަވަކިޔުންތެރިޔާ މުޙައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ. ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނެނީ އަންޔާ، އަޝްފާ އަދި ޖައިޝާ އެވެ.

ފިލްމުގެ ނަމާއި މިހާތަނަށް ފިލްމާއި ބެހޭގޮތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާލާއިރު ހީވާގޮތުގައި މިއީ އަންހެނެއްގެ ބާރުގަދަކަން، ނުވަތަ ކުޅަދާނަކަން ދައްކުވައިދޭ ފިލްމެއް ކަމަށް ލަފާކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ