އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވައިކަރަދޫގައި ނުރައްކާތެރި އެކްސިޑެންޓެއްވެ އެކަކަށް އައިސީޔޫގަ ފަރުވާދެނީ!

ވައިކަރަދޫގައި ނުރައްކާތެރި އެކްސިޑެންޓެއްވެ އެކަކަށް އައިސީޔޫގަ ފަރުވާދެނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

ހދ. ވައިކަރަދޫގައި ނުރައްކާތެރި އެކްސިޑެންޓެއްވެ އެކަކުގެ ހާލު ސީރިއަސްވުމާއި ގުޅިގެން ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ވައިކަރަދޫގައި ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ މައުލޫމާތު ލިބިފައިވަނީ މިރޭ 7:01 ހާއިރު ކަމަށެވެ.

މިއެކްސިޑެންޓްގައި އަނިޔާވީ 48 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނަކަށެވެ. މިއީ އެކްސިޑެންޓްވި ދެ ސައިކަލް ދުއްވަން ތިބި ދެ މީހުން ކަމަށާއި އެކަކު އަތުގައިވެސް ލައިސަންސް ނެތް ކަމަށް ފުލުހުން ބުނެ އެވެ.

މިއެކްސިޑެންޓްގައި ޒަހަމްވި 48 އަހަރުގެ މީހާގެ ބޯފަޅައިގެން ދިޔައީ އެކްސިޑެންޓްގެ ސބަބުން ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމުން އައިސީޔޫގައި މިހާރު ފަރުވާ ދެމުންދާ ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ