އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވެމްކޯ ބަލިކޮށް ޕޮލިސް ކުލަބް ފައިނަލަށް

ވެމްކޯ ބަލިކޮށް ޕޮލިސް ކުލަބް ފައިނަލަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގެ ފުރަތަމަ ސެމީ ފައިނަލް މެޗުގައި ކުލަބް ވެމްކޯގެ މައްޗަށް ފަސޭހަކަމާއެކު ކުރިހޯދައި ޕޮލިސް ކުލަބު ފައިނަލުން ޖާގަހޯދައިފިއެވެ.

އިއްޔެ ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ކުޅުނު މެޗު ޕޮލިސް ކުލަބުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

މިމެޗުގެ ސެޓްތައް ޕޮލިސް ކުލަބުން ކާމިޔާބުކުރީ 25-17، 25-20 އަދި 25-13 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޕޮލިސް ކުލަބުގެ ސެޓަރު ފާތިމަތު ޖޫޒާން އެވެ.އިނަލުގައި ވާދަކުރާ ދެވަނަ ޓީމު ކަނޑައެޅިގެންދާނީ މިރޭ ކުޅޭ ސެމީ ފައިނަލް ތިން ވަނަ މެޗުންނެވެ.

މިމެޗުގައި ވާދަކުރާނީ ފުރަތަމަ ސެމީ ފައިނަލުން ބަލިވި ވެމްކޯ އާއި ދެވަނަ ސެމީ ފައިނަލުން މޮޅުވި ލޮރެންޒޯ ސްޕޯޓްސް ކުލަބެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 21 ވަނަ ދުވަހުގެރޭ 20:30 ގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ