އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވައިގަދަވެ ވިއްސާރަވުމާއި ގުޅިގެން މާލޭގައި ހިނގާފައިވާ ބައެއް ހާދިސާތައް:

ވައިގަދަވެ ވިއްސާރަވުމާއި ގުޅިގެން މާލޭގައި ހިނގާފައިވާ ބައެއް ހާދިސާތައް:


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

ރޭ މެންދަން ވަގުތުން ފެށިގެން ރާއްޖޭގެ އެކިކަންކޮޅުތަކަށް ކުރަމުންދިޔަ ވިއްސާރާގައި، ވެރިރަށް މާލެ ސިޓީގައިވެސް ބައެއް ހާދިސާތައް ހިނގައިފިއެވެ.

އެގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މައުލޫމާތު ދެއްވާ ވިދާޅުވެފައިވަނީ، އަބަދަށްފެހި މަގު ދަމާސް ފަރުނީޗަރު ފިހާރަ ކައިރީ ޖަހާފަހުރި ޑިޝް އެންޓަނާއެއް ވެއްޓިގެން ރޭ ފަތިހު 4:43 ކަންހާއިރު ފުލުހަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން ބުރުޒުމަގު ހެންވޭރު ކައިރީ އިން ގަހެއް މަގުމައްޗަށް ވެއްޓިގެން މިއަދު ހެނދުނު 6:10 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި މިހާދިސާގައި އެއްވެސް މީހަކަށް އަދި މުދަލަކަށް ވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވަފައިވެއެވެ.

ސޯލްޓް ކެފޭ ކައިރީގައި އިން އިޝްތިހާރު ބޯޑެއް މަގުމައްޗަށް ވެއްޓިގެން ވެސް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާއިރު ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކާއި ފުލުހުން ގުޅިގެން މިތަކެތި ނެގުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މިފަދަ ހާދިސާތަކެއް ދިމާވެދާނެ ކަމަށް ބަލައި ހުރިހާ ބޭފުޅުންވެސް ސަމާލުވެ ރައްކާތެރިވެ ތިބުމަށް ފުލުހުންވަނީ އިލްތިމާސް ކުރައްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ