އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގައުމަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި އެއްބައިވަންތަ ކަމަށް އިސްކަން ދިނުމަށް އެމްއާރްއެމް އިން ގޮވާލައިފި

ގައުމަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި އެއްބައިވަންތަ ކަމަށް އިސްކަން ދިނުމަށް އެމްއާރްއެމް އިން ގޮވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ގައުމަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި އެއްބައިވަންތަ ކަމަށް އިސްކަން ދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ރިފޯމް މޫމަންޓް (އެމްއާރްއެމް) އިން ގޮވާލައިފިއެވެ.

2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާއި ގުޅުވައިގެން ރާއްޖޭގައި ފާހަގަ ކުރަމުން އަންނަ ގައުމީ އެއްބައިވަންތަކަމުގެ ދުވުގެ މުނާސަބަތުގައި އެމްއާރްއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އެއްބައިވަންތަ ކަމުގެ ދުވަހު ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް މި ގޮވާލަނީ ގައުމަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި ގައުމީ އެއްބައިވަންތަ ކަމަށް އިސްކަން ދެއްވުމަށް ކަމަށައި ދިވެހިންގެ އިސްލާހީ ހަރަކާތްތަކަކީ އެކުވެރިކަމާއި އެއްބައިވަންތަ ކަމާއެކު މަޝްވަރާކޮށްގެން ކުރާ މަސައްކަތެއްގެ ގޮތުގައި ހެއްދެވުމަށެވެ. އަދި މާޒީގެ އިބްރަތުން އަޅުގަނޑުމެންނަށް ލިބިފައިވާ ފިލާވަޅުތައް މުސްތަގުބަލު ބިނާކުރުމުގައި ބޭނުން ކުރެއްވުމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްއާރްއެމް އިން ބުނެފައިވަނީ ސުނާމީގެ ހާދިސާ އަކީ މާތްﷲ ދިވެހިންނަށް ކުރިމަތި ކުރެއްވި ވަރަށް ވަރުގަދަ އިމްތިހާނެއް ކަމަށާއި އެ އިމްތިހާނުން ހާސިލްވި އެންމެ މަތިވެރި އިބުރަތަކީ ގައުމީ އެއްބައިވަންތަ ކަމުގެ މުހިންމުކަން ކަމަށެވެ. 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު