އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވައްކަން ކުރަންދިޔަ މީހަކަށް ރަހުމްކޮށް، އޭނާއަށް އެހީތެރިވި ހެޔޮލަފާ މުސްލިމެއްގެ ވާހަކަ!

ވައްކަން ކުރަންދިޔަ މީހަކަށް ރަހުމްކޮށް، އޭނާއަށް އެހީތެރިވި ހެޔޮލަފާ މުސްލިމެއްގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 46 ސިކުންތު

މިއީ ދީނީ ޢިލްމުވެރިއެއް ކަމަށްވާ މަޤްސޫދް ސިއްދިޤް ކިޔާދީފައިވާ ހަގީގީ ވާހަކައެކެވެ.

"މީގެ އަހަރުތަކެއް ކުރިން، އެމެރިކާގައި، ފިރިހެނެއް މޫނު ނިވާކޮށްގެން ލަޓިބުރިއެއް ހިފައިގެން ފިހާރައެއް ލޫޓުވަން ދިޔައެވެ.

އެފިހާރައިގެ ކައުންޓަރުދޮށުގައި އިނީ މުސްލިމެކެވެ.

ފިހާރަ ލޫޓުވަން އެމީހާވަނުމުން، މުސްލިމު މީހާ ކައުންޓަރު ދަށުން ބަޑިއެއް ނަގާ، އެމީހާއާއި ދިމާލަށް އަމާޒު ކޮށްގެން ހުއްޓެވެ. ލޫޓުވަން ދިޔަ މީހާގެ ފުރާނައަށް ނުރައްކާވެއްޖެކަން ވިސްނުމުން އެމީހާ ކަންބޮޑުވިއެވެ. އެއީ ބަޑިއަކާއި ތަޅާފޮޅަށް ލަޓިބުރިއެއް ހިފައިގެން ދެވުމުންނެވެ.

މުސްލިމު މީހާ ކައުންޓަރު ކައިރިން ނިކުތެވެ. އެއިރުވެސް ހުރީ ލޫޓުވަން ދިޔަ މީހާއާއި ދިމާލަށް ބަޑި ދިއްކޮށްގެންނެވެ. އެމީހާ ލަޓިބުރި ތިރިކޮށްފައި، ތިމަންނާއަށް އެއްވެސް ގޮތެއް ނުހަދައްޗޭ ބުނެ ރޮއެ އާދޭސް ކުރިއެވެ.

އޭނާ މުސްލިމު މީހާއަށް ބުންޏެވެ. 'އަހަރެން އައީ ކަލެއަށް އަނިޔާއެއް ކުރާކަށް ނޫނެވެ. ފައިސާ ލޫޓުވަން އަހަރެން އައީ އަހަރެންގެ ވަޒީފާއެއް ނެތުމުންނެވެ. އަހަރެން އަތުގަ އެއްވެސް ފައިސާއެއް ނެތެވެ. އަހަރެންގެ އާއިލާވަނީ ބަނޑަށް ޖެހިފައެވެ. ފައިސާ ހޯދަން މިފިހާރަ ލޫޓުވަން އައީ އެމީހުންނަށް ކާންދޭނެ ކާއެއްޗެއް ގަތުމަށް ފައިސާ ހޯދާށެވެ. އަހަންނަށް އަނިޔާއެއް ނުކުރައްޗެވެ. އަހަރެންގެ ގަޔަށް ބަޑި ނުޖަހައްޗެވެ.'

މުސްލިމު މީހާ އޭނާއަށް ބުންޏެވެ. 'ދުވަހަކުވެސް ދެން މިކަހަލަ ކަމެއް ނުކުރާނަން ކަމަށް ވައުދު ވެއްޖެނަމަ އަހަރެން ކަލެއަށް އެހީތެރިވާނަމެވެ.' އޭނާ ވައުދުވިއެވެ.

މުސްލިމު މީހާ ކޭޝް ރެޖިސްޓަރ ކައިރިއަށް ދިޔައެވެ. ގޮސް 40 ޑޮަލަރު ނަގާފައި ފިހާރަ ލޫޓުވަން ދިޔަ މީހާއަށް ދިނެވެ. އޭގެ އިތުރުން ފިހާރައިން ޕާނާއި އެހެނިހެން ކާނާ ވެސް ނަގާފައި އެމީހާއަތަށް ދިނެވެ. އަދި މިއެއްޗެހި ހިފައިގެން އޭނާގެ އާއިލާއަށް ކާންދޭން ދިޔުމަށާއި ފުލުހުންނަށް ނާންގާނެ ކަމަށް ވެސް ބުންޏެވެ.

އޭނާގެ އޯގާވަންތަކަން ފެނިފައި ފިހާރަ ލޫޓުވަން ދިޔަ މީހާއަށް ވަރަށް ފުން އަސަރުތަކެއް ކުރިއެވެ. އެމީހާ މުސްލިމު މީހާއަށް ބުންޏެވެ. 'ކަލޭ ފަދައިން އަހަރެންވެސް ވާން ބޭނުމެވެ. އަހަރެންވެސް މުސްލިމަކަށް ވާން ބޭނުމެވެ. މުސްލިމަކަށް ވުމަށްޓަކައި އަހަރެން ކަންތައް ކުރަންވީ ގޮތް ކިޔާދީބަލާށެވެ.'

މުސްލިމު މީހާ ބުންޏެވެ. 'އަހަރެންގެ ފަހަތުން ކިޔާށެވެ. މާތް ﷲ ފިޔަވާ އެހެން އިލާހަކު ނުވާކަމަށް އަޅުހެކިވަމެވެ. އަދި މުޙައްމަދު (ޞޢޥ) އީ އެކަލާނގެ ރަސޫލާ ކަމަށް ވެސް އަޅު ހެކިވަމެވެ.' އެމީހާ ޝަހާދަތުގެ ދެކަލިމަ ކިޔެވެ. އަދި އެއަށްފަހު އެތަނުން ދިޔައެވެ.

އޭގެ އެއް އަހަރު ފަހެވެ. މުސްލިމު މީހާއަށް ފިހާރު ލޫޓުވަން އެދުވަހު ދިޔަ މީހާ ސިޓީއެއް ލިޔުނެވެ. 'އެދުވަހު އަހަންނަށް ކޮށްދިން ކަންތައްތަކަށް ޝުކުރު އަދާ ކުރަމެވެ. ކަލޭ އަހަންނަށް ދިރިއުޅުމާއި އިއްޒަތް އަލުން އަނބުރާ ދިނެވެ. އަދި އަހަރެން ކަލޭ ކައިރީ ބުނަން ބޭނުންވަނީ، އެހާދިސާއަށް އެއް އަހަރު ވެފައިވީ ނަމަވެސް، އަހަންނަކީ އަދިވެސް މުސްލިމެކެވެ. އަހަންނާއި ކަލޭ ބައްދަލުވި ކަމަށްޓަކައި މާތް ރަސްކަލާނގެ ހަޟްރަތަށް އަބަދުމެ ޙަމްދު ކުރަމެވެ.'

މިއީ ހަގީގީ ވާހަކައެކެވެ. އެދުވަހު ހިނގި ހުރިހާ ކަމެއް އެފިހާރައިގެ ސީސީޓީވީ ކެމެރާތަކަށް އަރާފައިވާއިރު، އެވިޑިއޯ މިހާރުވެސް ޔޫޓިއުބުގައި ފެންނަން އެބަ ހުއްޓެވެ.

 

ގުޅުންހުރި ވީޑިއޯ:

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ