އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްޕެޝަލިސްޓުންނާ އެކު އާ ޚިދުމަތްތަކެއް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަށައިފި

ސްޕެޝަލިސްޓުންނާ އެކު އާ ޚިދުމަތްތަކެއް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ސްޕެޝަލިސްޓް ޑޮކްޓަރުންނާއެކު ކާޑިއޯ އާއި، ސީޓީ ސްކޭންގެ ޚިދުމަތް ދޭން ފަށައިފިއެވެ.

މިއަދު ގިނަ ޚިދުމަތްތަށް އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަށާފައިވާއިރު، އެކަމާއި ގުޅޭ ގޮތުން ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ، މުޅިން އަލަށް ފަށާ ޚިދުމަތް ތަކުގެ ތެރޭގައި ހިމެނޭ ކާޑިއޯ އާއި، ސީޓީ ސްކޭންގެ އިތުރަށް ޚާއްސަ ބަލިކަތާއި ގުޅޭ ޑޮކްޓަރުންގެ ގިނަ ޚިދުމަތް މިހާރު އެހޮސްޕިޓަލަށް ބަދަލު ކުރެވިފައިވާ ކަމަށެވެ. އަދި ލެބޯޓްރީ ޚިދުމަތާއި ޕަބްލިކް ހެލްތް ޚިދުމަތުގެ އިތުރުން އެކްސްރޭއާއި ސްކޭންކުރުމުގެ ޚިދުމަތް ވެސް މިހާރު އެ ހޮސްޕިޓަލުން ލިބިގެން ދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެހެންނަމަވެސް އެމްއާރްއައި ޚިދުމަތް އަދި ފަށާފައެއް ނުވެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ނެރެފައިވާ އިޢުލާންގައި ބުނެފައިވަނީ، ދަތުގެ ފަރުވާއާއި، ސްކޭން ޑޮކްޓަރާއި، ހަމުގެ ޑޮކްޓަރާއި، ސައިކިއޭޓްރީ ޑިޕާޓްމެންޓާއި، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރާއި، އަންހެނުންގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރާއި، ކަށީގެ ޚާއްޞަ ޑޮކްޓަރާއި، ކަރުން މަތީގެ ބަލިތަކުގެ އިތުރުން އޮޕަރޭޝަން ޑޮކްޓަރުވެސް މިއަދުން ފެށިންގެ ޚިދުމަތް ދެއްވަމުން ގެންދަވާނީ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ކަމަށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ނިންމާލާފައި ވާއިރު، މިހާރު ބަދަލު ނުކުރެވި ހުރީ އިން ޕޭޝަންޓް ޚިދުމަތާއި، އެމަރޖެންސީ ފަރުވާގެ ޚިދުމަތްތަކެވެ. ހޮސްޕިޓަލުން ވިދާޅުވީ، މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ޚިދުމަތް ދެމުން ދާނީ، އާންމު ބަލިތަކާއި ބެހޭ ޑޮކްޓަރުންނާއި، ލޮލުގެ ބަލިތަކާއި އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން އެކަނި ކަމަށެވެ. އަދި އާންމު ބަލިތަކާއި ބެހޭ ޑޮކްޓަރުންގެ ޚިދުމަތް ދެމުންދާނީ ދެ ހޮސްޕިޓަލަށް ބަހާލައިގެންނެވެ. އެގޮތުން އާންމު ބަލިތަކުގެ ޑޮކްޓަރުން ޚިދުމަތް އާ ހޮސްޕިޓަލުގައި ހެނދުނު 8 އިން ހަވީރު 4 އަށް ދެމުންދާއިރު ހަވީރު 4 އިން ރޭގަނޑު 10 އަށް މިޚިދުމަތް ދެމުންދާނީ ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ބޮޑުބައި މިހާރު އާ ހޮސްޕިޓަލަށް ބަދަލު ކުރެވި ޚިދުމަތް ދޭން ފަށާފައިވާއިރު، މިއީ މާލެ ސަރަހައްދުން ބޭރުގައި ހިންގާ ސަރުކާރުގެ ޓާރޝަރީ ފުރަތަމަ ހޮސްޕިޓަލެވެ. މި ހޮސްޕިޓަލުގެ ޚިދުމަތް ފުރިހަމައަށް ފަށަން މަސައްކަތް ކުރަމުންދާއިރު، ހޮސްޕިޓަލުގެ މިޚިދުމަތްތަށް ބަދަލު ކުރަމުންދާނީ، ރައްޔިތުންނަށް އެކަމުން ދަތިތަކެއް ކުރިމަތި ނުވާ ގޮތަށްކަމަށްކަމަށް ވެސް އެޮސްޕިޓަލުން ބުނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ