އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޯތްބަށްވެސް ކާނާ ބޭނުންވެއެވެ! ލޯބި ތާޒާ ނުކުރުމަކީ ލޯބި ގެއްލޭ ކަމެކެވެ!

ލޯތްބަށްވެސް ކާނާ ބޭނުންވެއެވެ! ލޯބި ތާޒާ ނުކުރުމަކީ ލޯބި ގެއްލޭ ކަމެކެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

ކައިވެނީގެ ކުރިން ލޯބިވެގެން އުޅުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫން ނަމަވެސް ގިނަ ބައަކު ކައިވެނިކުރަނީ ލޯބިވެގެން އުޅުމަށްފަހުގައެވެ. އެކަކު އަނެކަކަށް ލޯބިން ވާހަކަ ދައްކައި ޙާލުބަލައި ހަދިޔާ ބަދަލުކުރުން ފަދަ އެތައް ކަންކަން ކުރުމުގައި އެތައް ދުވަހެއް ވޭތި ކުރުމަށްފަހުގައެވެ.  

މިފަދައިން އުޅެމުން ކައިވެނިކުރުމަށްފަހު ބައެއް މީހުންނަށް އެމީހުން ކުރިން ކުރަމުން އައި މިފަދަ ކަންކަން މަތިން ހަނދާންނައްތައިލެވެއެވެ. އެކަންކަމަށް ފަރުވާ ކުޑަކުރެވެއެވެ. އެފަދަ މީހުންގެ ވިސްނުމުގައި ކައިވެނި ކުރުން ވެފައި އޮންނަނީ ކުރެވޭ ވިޔަފާރިއަކަށެވެ. ޤަބޫލުކުރެވެނީ ފިހާރައަކުން އެއްޗެއް ގަތުމުން މިލްކުވާ ފަދައިން ބައިވެރިޔާ މިލްކުވީ ކަމަށެވެ. 

އެއީ އެއްގޮތަކަށްވެސް އެހެން އޮންނަ ކަމެއް ނޫނެވެ. އަބަދުވެސް ވިސްނަން ޖެހޭނީ ކައިވެންޏަށްފަހު އިތުރަށް ސަމާލުކަން ދިނުމަށެވެ. އެހެނީ ގަސްތަކަށް ބޭނުންވާ ފަދައިން ލޯތްބަށް  ވެސް އަބަދުވެސް ކާނާ ބޭނުންވާނެއެވެ. ފެންވެސް ބޭނުންވާނެއެވެ. އަދި ބޭސްފަރުވާވެސް ބޭނުންވާނެއެވެ. އެކަންކަން ފޯރުކޮށް ނުދޭނަމަ އިސާހިތަކު ގަސް މޯޅިވެދާނެއެވެ. މިލައި އަނަރޫފަވެދާނެއެވެ. ދިރުން ގެއްލި މަރުވެސް ވެދާނެއެވެ. 

އެފަދަ ގޮތެއް މެދުވެރިވެއްޖެ ނަމަ އަލުން ގަސް ތާޒާ ކުރުވުމަކީ ނުވަތަ އަލުން ރޯކޮށް ދިރުވުމަކީ ކުރަން އެހައި ފަސޭހަ ކަމެއް ނޫނެވެ. ހަމަ ވަރަށް ގިނަ ފަހަރު އޮންނާނީ އެކަން ކާމިޔާބު ނުކުރެވި ފޭލްވެފައެވެ. 

ﷲ ތަޢާލާ ދެއްވަވާ އެއްވެސް ނިޢްމަތެއް ދެއްވެވުމުން އެނިޢްމަތާއިމެދު ޣާފިލުވެއްޖެ ނަމަ ބީވެގެން ދިއުން އޮންނާނީ ވަރަށް ގާތުގައެވެ. ވީމާ ކައިވެނީގެ ނިޢްމަތް ވެސް ދަމަހައްޓަން ގަދައަޅައި މަސައްކަތްކުރަން ޖެހޭނެއެވެ. އެކަމަށް ކުރަން ޖެހޭ ކަންކަން އަބަދުވެސް ކުރަމުން ގެންދަން ވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް