އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޭގަނޑު ސަތޭކަ އާޔަތް ކިޔަވާލައިގެން މުޅި ރޭގަނޑު އަޅުކަން ކުރި ކަމުގެ ސަވާބު ލިބެން އޮއްވައި ނުހޯދައި ތިބެން ހެޔޮވާނެހެއްޔެވެ؟

ރޭގަނޑު ސަތޭކަ އާޔަތް ކިޔަވާލައިގެން މުޅި ރޭގަނޑު އަޅުކަން ކުރި ކަމުގެ ސަވާބު ލިބެން އޮއްވައި ނުހޯދައި ތިބެން ހެޔޮވާނެހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 10 ސިކުންތު

ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުން ގިނަ ސަވާބު ލުއި ގޮތުގައި ހޯދައި ލެވޭނެ މަގުތައްވެސް ވަނީ މީސްތަކުންނަށް ފަހިކޮށްދެއްވަވައިފައެވެ. މީސްތަކުންނަށް އޮތީ ފުރުޞަތުގެ ބޭނުން ހިފައި ފަހިކޮށް ދެއްވަވާފައިވާ ކަންކަން ކުރުންމަތީގައި ދެމިތިބުމެވެ.  

ރޭގަނޑު ކީރިތި ޤްރްއާނުގެ 100 އާޔަތް ކިޔަވައިފި މީހަކަށް މުޅި ރޭގަނޑު އަޅުކަން ކުރި ކަމުގެ ސަވާބު ﷲ ތަޢާލާ ދެއްވަވާނެތެވެ. 

މިއީ ކިހައި ލުއި މަގަކުން ގިނަ ސަވާބު ލިބެން އޮތް ކަމެއް ހެއްޔެވެ؟  

Jabir reported: The Prophet, peace and blessings be upon him, would not go to sleep until he had recited the chapters, “The revelation of the Book, in which there is no doubt, from the Lord of the worlds,” (32:1) and, “Blessed is He in whose hand is the dominion, and has power over all things,” (67:1).

Tawus said, “They both have seventy more virtues than every other chapter of the Quran.”

Source: Sunan al-Tirmidhī 2892

Grade: Sahih (authentic) according to Al-Albani 

އެނގިގެން މިދަނީ ސަޖިދަ ސޫރަތާއި މުލްކް ސޫރަތް ކިޔަވައި ވިދާޅުނުވެ ރަސޫލް (ޞޢވ) އަވަހާރަފުޅު ނުލައްޕަވާ ކަމެވެ. އަަހރެމެން އެކަން ކުރަން ފަސްޖެހެންވީ ކީއްވެގެން ހެއްޔެވެ؟ މި ސޫރަތުގެ މަތިވެރިކަން އެހެން ސޫރަތްތަކަށްވުރެ 70 ދަރަޖަ މަތިވެރިކަންވެސް ޖާބިރުގެފާނުގެ މި ބަސްފުޅުން އެނގިގެންދެއެވެ.  

ވީއިރު މިދެ ސޫރަތާއިއެކު އިތުރު އެންމެ 40 އާޔަތް ކިޔަވައިލުން ބުރަކަމަށްވާންވީ ކީއްވެގެން ހެއްޔެވެ؟  

އަހަރެމެންގެ މާޒީއަށް ބަލައިފިނަމަ މަޣްރިބް ނަމާދަށްފަހު މި ދެ ސޫރަތުގެ އިތުރުން އައްރަހްމާން ސޫރަތް އައީ ކިޔަވަމުންނެވެ. އެއިރު ޙަދީޘްފުޅުތައް ނުއެނގުނު ނަމަވެސް މިއަދު އެބަ އެނގެއެވެ. މި މަތިވެރި އަޅުކަމުގެ ސަވާބު ހޯދަން ބޭނުންމީހާއަށް ހޭދަކުރަން ޖެހޭނީ ގިނަވެގެން 20 ވަރަކަށް މިނިޓް އިރެވެ. 20 ވަރަކަށް މިނިޓް ހޭދަކޮށްލުމުން މިއޮތީ މުޅި ރޭގަނޑު އަޅުކަން ކުރި ކަމުގެ ސަވާބު ހޯދޭށެވެ! 

އެންމެންވެސް ސުވަރުގެ ބޭނުންވެއެވެ. ނަމަވެސް އެއީ ހަމަ އެއްވެސް މަސައްކަތެއް ނުކޮށް ދެއަތް އުރާލައިގެން ތިއްބައި ޙާޞިލުކުރެވެން އޮތް ކަމެއް ނޫނެވެ. ހިތްވަރާއިއެކު މަސައްކަތްކޮށްގެން ޙާޞިލުކުރެވެން އޮތް ކަމެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް