އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ލޯބިވާ މީހާ ގެއްލިގެން ދިއުމަކީ ﷲ ގެ އިންޒާރެކެވެ! އެއީ އެއްވެސް މީހެއްގެ ސަބަބުން މެދުވެރިވާ ކަމެއް ނޫނެވެ!

އެންމެ ލޯބިވާ މީހާ ގެއްލިގެން ދިއުމަކީ ﷲ ގެ އިންޒާރެކެވެ! އެއީ އެއްވެސް މީހެއްގެ ސަބަބުން މެދުވެރިވާ ކަމެއް ނޫނެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 24 ސިކުންތު

ބައެއް މީޙުން އެންމެ ބޮޑަށް ދެރަވެ ހިތާމަކުރަނީ އެންމެ ލޯބިވާ މީހާ ގެއްލުމުންނެވެ. އެމީހާ އާއި ވަކިވާންޖެހުމުންނެވެ. ހަމައެފަދައިން ނުހަނު ލޯބިވާ ދަރިން ނިޔާވުމާއި އެންމެ ލޯބިން ރައްކައުކޮށްގެން ގެންގުޅުނު އެއްޗެއް ގެއްލުން ފަދަ ކަމެއް މެދުވެރިވުމުންނެވެ. 

މިފަދަ ކޮންމެ ކަމަކީ ﷲ ތަޢާލާ ދެއްވަވާ އިންޒާރެކެވެ! 

ތިބާގެ އަތުން ގެއްލެން ބޭނުން ނުވާ އެއްވެސް އެއްޗެއް ނުވަތަ ނިޢްމަތެއް ނަމަވެސް ތިބާގެ އަތުން ގެއްލިއްޖެ ނަމަ ނުވަތަ ބީވެގެން ހިނގައްޖެ ނަމަ އެކަމުން އަންގައިދެނީ އެކަމެއް ހިފަހައްޓަން ތިބާ ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް އެއްވެސް ކަމެއް ހިފެހެއްޓުމުގެ އެއްވެސް ބާރެއް ތިބާއަށް ނެތްކަމެވެ. ނިޢްމަތްތައް ދެއްވެވުމާއި ގެންދެވުމުގެ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމެވެ. 

ވީމާ ކުރަން ޖެހޭ ކަމަކީ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވާ، ހުރިހާ ނިޢްމަތްތަކެއް ދެއްވަވާ އަދި އަނބުރައި ގެންދަވާ ﷲ އާއި ކުއްތަންވާން ކުރާ މަސައްކަތް އިތުރުކުރުމެވެ! ނިޢްމަތް އިތުރުކޮށްދެއްވެވުން އެދި ދެއްވެވި ނިޢްމަތް އަނބުރާ ނުގެންދެވުން އެދި ﷲ ތަޢާލާއަށް ދުޢާ ކުރުމުގައި ސާބިތުވާށެވެ! ދުޢާކުރުން ގިނަކުރާށެވެ! 

ބައެއް މީހުންނަށް ޤަބޫލުކުރެވޭ ގޮތުގައި ލޯބިވެރިޔާ ގެއްލިގެންދަނީ ނުވަތަ ނިޢްމަތެއް އަތުން ބީވެގެންދަނީ ކޮންމެވެސް މީހެއްގެ ސަބަބުންނެވެ. ނަމަވެސް އެއީ ހަމަ ކުށްހީއެކެވެ. މުޅި ދުނިޔެ އެއްކޮޅަށް ޖެހިފައި އެކަމެއް ކުރަން މަސައްކަތް ކުރި ނަމަވެސް ﷲ ތަޢާލާގެ މިންވަރުފުޅާއި ދެކޮޅަށް ތިބާގެ ގައިން އެންމެ ކުޑަމިނުން އިސްތަށްޓެއްވެސް އުފުރައެއް ނުލެވޭނެއެވެ. ނުވެސް ގެންދެވޭނެއެވެ. 

ވީމާ އަހަރެމެންނަށް ކުރަން އޮތް ހަމައެކަނި ކަމަކީ ސާފު ސީދާ ގޮތުގައި ތިބެން މަސައްކަތްކުރުމެވެ. އަޅުކަންކުރުން ގިނަކޮށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރަށް ލިބިގަންނަން ކުރާ މަސައްކަތް އިތުރުކުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް