އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިތަންމެ ގިނައިރު އިށީނދެ އިނަސް ނަމާދުކުރާ މީހާއަށް އެކަމުން އެއްވެސް ނުރައްކަލެއް ނެތެވެ!

ކިތަންމެ ގިނައިރު އިށީނދެ އިނަސް ނަމާދުކުރާ މީހާއަށް އެކަމުން އެއްވެސް ނުރައްކަލެއް ނެތެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

"ކިތަންމެ ގިނައިރު އިށީނދެ އިނަސް ނަމާދުކުރާ މީހާއަށް އެކަމުން އެއްވެސް ނުރައްކަލެއް ނެތް" ކަމަށް މިބުނަނީ އަމިއްލަ ތަޖުރިބާ އާއިވެސް އެކުގައެވެ. އަޅުގަނޑަކީ ޢާންމުގޮތެއްގައި ދުވާލަކު 15 ގަޑިއިރު އިށީނދެ އިނދެގެން މަސައްކަތްކުރާ މީހަކީމެވެ.

މިފަދަ ބަހެއް ބުނަން މިޖެހުނީ ޞިއްހީ ބައެއް ކަންކަމުގެ މައުލޫމާތު ހޯދަން އިންޓަރނެޓް ބައެއް ސައިޓްތަކުން ލިބޭ މައުލޫމާތަށް ބަލައި މިއަދުނޫހުގެ ކިޔުންތެރިން ކޮށްފައިވާ ސުވާލަކާއި ގުޅިގެންނެވެ.

އެންމެ ގިނަ ވަގުތު އެއްފަހަރާ އިށީނދެ އިނދެ ހޭދަކުރަން ޖެހޭނީ ހެނދުނުއެވެ. ވީމާ މެންދުރު ނަމާދަށް ބަންގި ގޮވުމުން އަވަހަށް މިސްކިތަށްދާށެވެ! މެންދުރު ނަމާދުގެ އިހު ސުންނަތުގެ 4 ރަކްޢަތާއި މެންދުރުނަމާދާއި ފަހު ސުންނަތުގެ 2 ރަކްޢަތް ކޮށްފިނަމަ ހަށިގަނޑު ހުންނާނީ މުޅިން ތާޒާވެ އަލުން މަސައްކަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައެވެ.

މިވާހަކަ މިހައި ސާބިތުކަމާއިބުނަން މިކެރުނީ ސުންނަތްތައް ނުކުރެވުނު އިރު ލިބުނު އުނދަގޫތައް ސުންނަތްތައް ކުރަން ފެށުމުން އެކުގައި ކެނޑިގެން ދިއުމުންނެވެ.

އެއަށްފަހު ސުންނަތާއިއެކު ޢަޞްރު ނަމާދުވެސް ކުރާށެވެ! މިކަމާއި ގުޅިގެން ޝައިޚް މުޙައްމަދު މަންޞޫރު ވިދާޅުވެފައިވެއެވެ. "ޢަޞްރު ނަމާދުގެ ކުރިއަށް ރަވާތިބު ސުންނަތް ނެތުމަކީ ސުންނަތް ނުކުރަންވީ ސަބަބަކަށް ނުހަދާށެވެ. ބަންގި އާއި ޤަމަތް ދެމެދުގައިވާ ވަގުތަކީ ބަރަކާތުން ފުރިގެންވާ ވަގުތެވެ. އަޅުކަމުގެ ގޮތުން ނަމަވެސް ސުންނަތް ނަމާދުތައްކޮށް ދުޢާ ކުރާށެވެ!"

ނަމާދުކުރުމުން އިންސާނާއަށް ބޭނުންވާ ކަސްރަތު ލިބިގެންދާކަން އެއީ މިއަދު ޑޮކްޓަރުން އެއްބަސްވާ ކަމެކެވެ. ވީމާ މައްސަލަތަކުގެ ޙައްލު ހޯދަން ނަމާދުކުރުން ގިނަކުރާށެވެ! މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް