އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއްވެސް ކާނާއެއް، ކިރެއް ނުލިބުމުން މުރަނގަ ފަތު ދިޔަ ބޮއިގެން ބޮޑުވި ދިވެހި ތުއްތު ކުއްޖަކަށް ލެއްވެވި ރަހްމަތުގެ ވާހަކަ!

އެއްވެސް ކާނާއެއް، ކިރެއް ނުލިބުމުން މުރަނގަ ފަތު ދިޔަ ބޮއިގެން ބޮޑުވި ދިވެހި ތުއްތު ކުއްޖަކަށް ލެއްވެވި ރަހްމަތުގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 30 ސިކުންތު

އެއީ މީގެ އަހަރުތަކެއް ކުރިއެވެ. ބީރައްޓެހި ރަށެއްގައި އޭނާގެ ތުއްތު ދަރިފުޅާއިއެކު އުޅެން މަންމައަކަށް ޖެހުނެވެ. އޭނާއަށް އެރަށުގައި އުޅެން ޖެހުނީ ވަރަށް ނިކަމެތި ޙާލުގައި ފަޅު ގެއެއްގައެވެ. އެއްވެސް މީހެއްގެ އެހީތެރިކަމެއް ނުލިބިއެވެ. ގާތްތިމާގެ މީހެއް އަދި ރައްޓެއްސަކުވެސް ނެތް ހާލުގައެވެ. 

ދަރިފުޅަށް ކާން ދޭނެ އެއްވެސް އެއްޗެއް ނެތެވެ. އެއްވެސް ބާވަތެއް ކިރަކީ ލޮލަށް ފެންނަ އެއްޗެއްވެސް ނޫނެވެ. އެ ޙާލުގައިވެސް އޭނާ ސަލާމެއް ނުޖަހައެވެ. އޭނާގެ ޙާލު ބަޔާންކުރުމުން އެހެން މީހުން އޭނާ އާއި މެދު ވިސްނުން ބަދަލުވެދާނެ ކަމަށްޓަކައެވެ. 

އެގޭގައި މުރަނގަ ގަހެއް ހުރެއެވެ. އޭނާ ކުރާ ކަމަކީ ދަރިފުޅަށް ދޭން ބޭނުންވުމުން ފަތްކޮޅުއް ބިނދެ އެފަތްކޮޅު ފެނުގައި ކައްކާފައި ދިޔަ ފޮދު ދަރިފުޅަށް ބޯންދެނީއެވެ. އަދި އޭނާގެ ކެއުމަކީ އެފަތްކޮޅެވެ. 

ދުވަސްކޮޅެއް ފަހުން ރަށުގެ މީހުންނަށް ފެނުނީ އެ ދަރިފުޅު ދުޅަހެޔޮ ޞިއްހަތުގައި އެމީހުންގެ ދަރިންނަށް ވުރެ ފުރިހަމައަށް ބޮޑުވަމުން އަންނަ ތަނެވެ. ދޮންވެ ސިފަވެސް ރީތިވަމުން އަންނަތަނެވެ. އަދި މައިމީހާގެ މޫނުގެ ކުލަވެސް ތާޒާވެ ރީތިވަމުން އަންނަތަނެވެ. 

ރަށުގެ މީހުންނަށް އޭނާގެ ނިކަމެތި ޙާލަތު އެނގުނީ މިކަންކަން ފާހަގަކުރެވިގެން ސުވާލުކުރުމުން އޭނާގެ ޙާލަތު ކިޔައި ދިނުމުންނެވެ. އެހިސާބުން ގިނަ ބައެއްގެ އެހީތެރިކަން އެދެމައިންނަށް ލިބެން ފެށިއެވެ. 

(މިއީ ޙަޤީޤީ ވާހަކައެއް ކަމަށް ބުނެ މިއަދުނޫހުގެ އަހުލުވެރިއަކު ދިން މައުލޫމާތަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ.) 

ވިސްނައިލަންވީ ކަންކަން ވަރަށް ގިނައެވެ. ކިތަންމެ ދަތިޙާލުގައި ނަމަވެސް މާތް ﷲ އަށް ވަކީލުކޮށް އެކަލާނގެ ރަޙްމަތަށް އެދިގެން ދިރިއުޅެން މަސައްކަތްކުރުމުން އެމީހަކަށް މަގު ދައްކަވައިދެއްވަވާނެ ކަމެވެ. މާތް ﷲ ގެ އެހީތެރިވަންތަކަން ލިބެމުންދާނެ ކަމެވެ. ރަހްމަތްފުޅު އޮހެމުން ދާނެ ކަމެވެ. 

ސަރުކާރުން މިޒަމާނުގައި ފޯރުކޮށްދޭ އެހީތެރިކަމާއިއެކުގައިވެސް ދަރިންގެ ބޭނުންތައް ފުއްދުމުގެ ނަމުގައި މަގުމައްޗަށް ނުކުމެ އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ އަމަލުތައް ކުރާ މީހުން މިފަދަ ކަންކަމުން އިބްރަތް ޙާޞިލުކުރުން ކީތޯއެވެ! 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް