އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހއ. އަތޮޅު މަދަރުސާގެ ދަރިވަރުނަށް ގަނާކުރުމުގެ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ދީފި

ހއ. އަތޮޅު މަދަރުސާގެ ދަރިވަރުނަށް ގަނާކުރުމުގެ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

ހއ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ގަނާކުރުމުގެ މައްސަލަތަކާ ގުޅޭގޮތުން މަޢުލޫމާތުދީ ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ހއ. ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި ހއ. އަތޮޅު މަދަރުސާ ގުޅިގެން ކުރިއަށް ގެންދިޔަ މިސެޝަންގައި މައުލޫމާތު ދީފައިވަނީ އެމަދަރުސާގެ ގްރޭޑް ހަތަރެއްގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށެވެ.

މި ސެޝަންގައި ގަނާ ކުރުމުން ރައްކާތެރިވާނެ ގޮތްތަކާއި،  އެހެން ކުދިން އެކަމުން ރައްކާތެރިކުރުމަށް މަސައްކަތްކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ގަނާކުރުމުގެ ސަބަބުން ނުކުންނަ ނުރަނގަޅު ނަތީޖާއާއި ގަނާގެ ޝިކާރައަށްވާ ކުއްޖާއަށް އެކަމުގެ ސަބަބުން ކުރިމަތިވާނެ ގެއްލުންތަކާއި އަދި ގަނާކުރުން ހުއްޓުވުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން ދަރިވަރުން އިތުރަށް ޝައުޤުވެރިކުރުވައި، ބައިވެރިކުރުވުމުގެ ގޮތުން ގުރޫޕްތަކަކަށް ބަހާލައި، ގަނާކުރުމާއި ގުޅޭގޮތުން އެގުރޫޕްތަކުގެ މެދުގައި މަޝްވަރާކޮށް ދަރިވަރުންގެ ޚިޔާލުތައް ހުށަހަޅައިދީފައިވެއެވެ. އެގޮތުން ގަނާ އަދި  ފުރައްސާރަކޮށް ޖެއްސުންކުރާނަމަ ޢަމަލުކުރާނެގޮތާއި، ގަނާ ރައްދުވާ ކުއްޖާއަށް ކުރެވޭނެ އިޙްސާސްތަކާއި، ގަނާކުރުން ހުއްޓުވުމަށް ދަރިވަރުންނަށް ކުރެވޭނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ހުށަހެޅުންތައް ހުށަހަޅާފައިވެއެވެ.

މިސެޝަންގައި ހއ. އަތޮޅު މަދަރުސާގެ ގްރޭޑް ހަތަރެއްގައި ތައުލީމު ހާސިލްކުރަމުންދާ 36 ދަރިވަރުން ބައިވެރިވެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ